English Edition
Dhivehi Edition

ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން އައްޑޫސިޓީ ހިތަދޫއެ ގާއިމް ކޮއްފެއިވޭ އަބްހަރީ މެޑިކަލް ސެންޓަރުން މި ޚިދުމައް ފަށަފެއިވޭކޯ ބަލިމީހުންނައް ފަރުވާ ދެއްވާނެއި އައްޑޫސިޓީގެ ބޭފުޅެއް ކަމުގައިވޭ ޑރ މުންހަތު އަލީ މޫސާ .

މީގެ ކުރިނަސް އަބުހަރީ މެޑިކަލް ސެންޓަރުން ލޮލުގެ ބަލިތަކައް ފަރުވާ ދެމުން އާފެހެނާސް ދިގު މުއްދަތަކައް އެޚިދުމައް ދިނުން ވެނީ މެދެ ކަނޑަފެއި. އެ ސެންޓަރުން ބެނީ މިކޯ އަލުން ލޮލުގެ ފަރުވާގެ ޚިދުމައް ފަށަފެއިވޭ ކަމަށާއި މި ޚިދުމައް ހޯދާއް ބޭނުންވޭ ފަރާއްތަކުން 6887920 މި ނަމްބަރާއް ގުޅުމުން އެޕޮއިންޓްމަންޓް ހަމަޖައްސައިދޭހެއްކަމައް.

އަބުހަރީ މެޑިކަލް ސެންޓަރަކީ އައްޑޫއެ މެދުނިކެނޑި ޚިދުމަތް ދެމުން އޭތާން 20 އަހަރައްވަނި ގިނަ ދުވަސްވެފައިވޭ ދަތުގެ ފަރުވާއް މަޝްހޫރު ކުލިނިކައް. އެ ސެންޓަރި މިކަލަސް 2 ޑެންޓިސްޓުން ފަރުވާދެއްވަމުން އެތާ. ދަތުގެ ފަރުވާގެ ޚިދުމައް ހޯދާއް އައްޑޫގެ ގިނަ ބާކިން ބޭނުންވޭ ތާކީއަސް އަބުހަރީ މެޑިކަލްސް .