English Edition
Dhivehi Edition

އައްޑޫ ސިޓީގެ 4 ރަށެށްގައި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ތެރެއިން އަގަކާއިނުލާ ނަރުދަމާގެ ޚިދުމަތް ގުޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއި ޙަވާލުކުރައްވާފައިވާ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ތެރެއިން އަގަކާއިނުލާ ނަރުދަމާގެ ޚިދުމަތް ގުޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީސ.ހިތަދޫ، ސ.މަރަދޫ، ސ.މަރަދޫފޭދޫ އަދި ސ.ފޭދުގައެވެ. އެ މިނިސްޓްރީން އައްމުކޮށްފައިވާ އިއުލާންގައި ބަޔާންކޮށްފައިވާ ގޮތުން މި މަޝްރޫޢުގެ ދަށުން ނަރުދަމާގެ ޚިދުމަތް ގުޅައިދެވޭނީ މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާޖީ އިން ޢާއްމުކޮށްފައިވާ “ފެނާއި ނަރުދަމާގެ ނިޒާމުތައް ޤާއިމްކުރުމަށް ހިންގޭ އަދި ހިންގަމުންދާ މަޝްރޫޢުތަކުގެ ދަށުން ޚިދުމަތް ފޯރުކޮށްދިނުމުގައި އަމަލު ކުރާ އުޞޫލު”ގެ ދަށުން ތިރީގައިވާ ގިންތިތަކަށެވެ. (ހ) އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ކުރެވިފައިވާ ތަންތަނާއި އާންމު ޚިދުމަތްދޭ ތަންތަނުގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ތަންތަން. (ށ) އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ކުރެވިފައިވީނަމަވެސް ބައިކުރުމަށްފަހު ވަކިން ދިރިއުޅޭ ގޭބިސީތަކެއް ކަމުގައި އެރަށެއްގެ ކަމާއިބެހޭ ފަރާތުން ރަސްމީކޮށް ކަނޑައަޅާފައިވާ ތަންތަން. (ނ) އާއްމު ވިޔަފާރިތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަން (ރ) އެތަނެއްގެ ނަމުގައި ވަކިން ކަރަންޓު މީޓަރެއް ރަޖިސްޓްރީ ކޮށްފައިވާތަންތަން (ބ) ގޯތީގައި އިމާރާތެއްކޮށް، އެއިމާރާތުގެ ފާރުތައް ރާނާ ހިޔާކުރެވިފައިވާތަންތަން. (ޅ) ސަރުކާރުގެ އޮފީސްތަކާއި، ސްކޫލްތަކާއި މިސްކިތްތަކާއި ސިއްޚީ ޚިދުމަތްދޭ ތަންތަނާއި އިޖުތިމާޢީ ބޭނުންތަކަށް ބޭނުންކުރާ ތަންތަން. މިއަދުން ފެށިގެންސ،ފޭދޫ، ސ.މަރަދޫފޭދޫ، އަދި ސ.މަރަދޫ އިން މި ހިދުމަތަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ސ.ފޭދޫގައި ހުންނަ އެމް.ޓީ،ސީ،ސީ ޕްރެޖެކްޓް އޮފީހުން ނަރުދަމާގެ ޙިދުމަތަށް އެދޭ ފޯމް ދޫކުރުމަށް ހަމަޖެހިފައިވާއިރު މި މަޝްރޫޢުގެ ދަށުން ނަރުދަމާގެ ޚިދުމަތް ގުޅުމަށް އެދިލައްވާ ފަރާތްތަކުން ފޯމް ފުރުއްވުމަށްފަހު 04 ޖުލައި 2017 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ސ،ފޭދޫގައި ހުންނަ އެމް.ޓީ.ސީ.ސީ. ޕްރޮޖެކްޓް އޮފީހަށް ފޯމް ހުށަހެޅުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ އެދިފައެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އާއި ޙަވާލުކުރައްވާފައިވާ ސ.ހިތަދޫގެ އުތުރާއި ދެކުނުގެ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ތެރެއިން އަގަކާއިނުލާ ނަރުދަމާގެ ޚިދުމަތް ގުޅުމަށް ބޭނުންވާ ފަރާތްތަކަށް ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާރޓްމަންޓް އިން ފޯމް ލިބެން ހުންނާނެ ކަމަށާއި 04 ޖުލައި 2017 ވާ އަންގާރަ ދުވަހުގެ ކުރިން ހިދުމަތަށް އެދޭ ފޯމް ސ.ހިތަދޫގައި ހުންނަ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީގެ ސައިޓް އޮފީހަށް ހުށަހެޅުމަށް އެ މިނިސްޓީރީންވަނީ އެދިފައެވެ.