English Edition
Dhivehi Edition

މިދިޔަ އަހަރުގެ ޖުލައި 31 ގައި ސިނަމާތަކަށް ގެންނަން ތާވަލުކުރި ފިލްމު ‘ ބޫލް ބުލައްޔާ 2’ ގެ ޝޫޓިން ކޮވިޑް19 އާއި ގުޅިގެން ފަސްކުރުމަށްފަހު ފަށާފައިވަނީ މިއަހަރުގެ ތެރޭގައެވެ.

މި އަހަރުގެ ނޮވެމްބަރު 19 ގައި ސިނަމާތަކުގައި ދައްކަން ނިންމާފައިވާ މި ފިލްމަކީ، ފިލްމު މަސައްކަތް ފެށުނު ދުވަހުން ފެށިގެން ވެސް މިއަދާއި ހަމައަށް ގިނަ މައްސަލަތަކާއި ގޮންޖެހުންތައް ދިމާވެފައިވާ ފިލްމެކެވެ. ކޮވިޑް19 ގެ ސަބަބުން ފިލްމުގެ މަސައްކަތް ހުއްޓި ގިނަ ދުވަސްތަކެއް ވުމަށް ފަހު ފިލްމުގެ މަސައްކަތް އަލުން ފެށުނު އިރު ތައްބޫ މި ފިލްމުން ވަކިވާން ނިންމި ހަބަރުތަކެއްވެސް ވަނީ ފެތުރިފައެވެ. އެހެންނަމަވެސް ފަހުން މި ފިލްމުގެ ޑައިރެކްޓަރު އަނީސް ބަޒްމީ ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ.

ކާތިކް އާރިޔަނާ އި ކިއާރާ އަދުވާނީ ގެ އިތުރުން ތައްބޫ ފެނިގެން ދާ މި ފިލްމުގެ ޝޫޓިން ތެރޭގައި ގިނަ ކަންތައްތަކެއް ދިމާވެފައިވާއިރު ފިލްމުގެ ލީޑް ތަރި ކާތިކްގެ އަޑު އެއްކޮށް ދިއުމުގެ ސަބަބުން ވެސް ޕްރޮޑެކްޝަން ޓީމަށް ބޮޑު ހިތްދަތިކަމެއް ލިބި ގިނަ އުދަގޫތަކާއި ކުރިމަތިވިއެވެ.

މި ފިލުމުގެ ކްލައިމެކްސްގައި ހިނގާ އެތައް ކަންތައްތަކެއްގެ ސަބަބުން ވަރަށް ގިނައިން ކާތިކް ހަޅޭއްލަވަން ޖެހުނު އިރު ޝޫޓިން ނިމެން އުޅެނިކޮށް އޭނާގެ އަޑު އެއްކޮށް ވަނީ ގޮސްފައެވެ. “އެންމެން ވަރަށް ބިރުގަތް. އެންމެން ތިބީ ގޮތް ހުސްވެފައި، ވަގުތުން ސިއްހީ ހިދުމަތްތެރިއަކަށް ކާތިކް ދެއްކުމުން ބެލުމަށް ފަހު މާބޮޑު ކަމެއް ނުވާކަމަށާއި ކާތިކްގެ އަޑަށް ރެސްޓެއް ބޭނުންވާ ކަމަށް ބުނި” ކާތިކްއަށް ކުރިމަތިވި އެ ކަންތައްތަކަކީ ދުވަހަކު ވެސް ހަނދާނުން ފޮހެނުލެވޭނެ ކަމެއްކަމުގައި ފާހަގަކުރަމުން ޑައިރެކްޓަރު އަނީސް ބަޒްމީ ބުންޏެވެ،

ބޫލް ބުލައްޔާ އަކީ 2007 ގައި އަކްޝޭ ކުމާރާއި ވިދިޔާ ބާލަން އާއި ޝައިނީ އަހޫޖާގެ އިތުރުން އަމީޝާ ޕަޓޭލާ އެކު ޑައިރެކްޓަރު ޕްރިޔަދަރުޝަން ގެނެސްދިން ކާމިޔާބު ހޮރޯ-ކޮމެޑީ “ބޫލް ބުލައްޔާ” ގެ ސީކްއެލްއެކެވެ.