English Edition
Dhivehi Edition
11 ސެޕްޓެމްބަރ 2017: 56 ގާނޫނީ ވަކީލަކު ސަސްޕެންޑުކުރުމާ ގުޅިގެން ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން---ސަން ފޮޓޯ/

ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅަން މަސައްކަތްކޮށް ސުޕްރީމް ކޯޓު ދޮށަށް އެއްވި މައްސަލާގައި ސަސްޕެންޑްކުރި 54 ވަކީލުންގެ ތެރެއިން މާފަށް އެދި ސިޓީ ފޮނުވި އިތުރު 16 ވަކީލެއްގެ ސަސްޕެންޝަން މިއަދު ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން އުވާލައިފި އެވެ.

ޕެޓިޝަނާ ގުޅިގެން ޑީޖޭއޭއިން ސަސްޕެންޑްކުރީ ޖުމްލަ 54 ވަކީލުންނެވެ. އޭގެ ތެރެއިން 13 ވަކީލެއްގެ ސަސްޕެންޝަން މީގެ ކުރިން ވަނީ އުވާލައިފައެވެ. މިއަދު 16 ވަކީލެއްގެ ސަސްޕެންޝަން އުވާލުމާ އެކު ދެން ސަސްޕެންޝަނުގައި ތިބޭނީ 25 ވަކީލުންނެވެ.

ސަސްޕެންޝަން އުވާލި 16 ވަކީލުން

  • ތާހާ މުހައްމަދު
  • އަބްދުﷲ ޝާއިރު
  • ރައީފާ އަބްދުލްވައްހާބް
  • އައިޝަތު ލުއާ ޝަރީފް
  • ސަފާ ޝަރީފް
  • މަރިޔަމް ސަނާ ފަހުމީ
  • ނޫރުއްސަލާމް އަބޫބަކުރު
  • އަލްހާ އަލީ ރަޝީދު
  • މުހައްމަދު ފައިސަލް
  • އަލީ އަބްދުލްލަތީފު
  • އައިމިނަތު ރާޔާ އަލީ
  • އަހުމަދު ޝަފީގު
  • އައިމިނަތު މުހައްމަދު ދީދީ
  • އަހުމަދު ނާޒިމް އަބްދުއްސައްތާރު
  • އައިޝަތު ޝީނާ މުހައްމަދު
  • ފާތިމަތު ލަމްއާން

އެނގިފައިވާ ގޮތުން ސަސްޕެންޑް ކުރި ލޯޔަރުންގެ ތެރެއިން ސަސްޕެންޝަން އުވާލާފައިވަނީ މާފަށް އެދި ސިޓީ ފޮނުވި ވަކީލުންގެއެވެ.