English Edition
Dhivehi Edition

ފްރުޓީ މެލޯ ކޭކްސް އިން އަލަށް ތައާރަފްކުރި ޕްރޮޑަކްޓް ބިސްކޮޓޯ ޑެލިޝްގެ ރަހަ ބަލާލެވުނު ހެއްޔެވެ؟ އަނގަޔަށް މީރު ޗޮކްލެޓްކްރީމް ރަހަ ދޭ ބިސްކޮޓޯ ޑެލިޝް އަކީ ޗޮކްލެޓް ބިސްކޯދު ޕުޑިން ދެކެ ލޯބިވާ ކުދިންނަށް ހަމަ އެއްވަނަ އެވެ.

“އެއްފަހަރު ރަހަބަލާލީމަ ދެން ހަމަ ކޮންމެ ދުވަހަކު އޭގެ އެއްޗެއް ގަނެލައިގެން ކާ ހިތްވަނީ. މިހާރު ވަރަށް ގިނައިން ގަނެލެވޭ ” މި ޕުޑިންގެ ރަހަ ބަލާލި ޒުވާން ކުއްޖަކު ކިޔައިދިނެވެ.

ރީތި ޕެކިން އެއްގައި ތައްޔާރުކޮށްފައި ހުންނަ މީގެ ޕުޑިން ތައްޓަކުން 4 މީހުންނަށް ހިތްހަމަޖެހިގެން ކާލެވެއެވެ. ހަދި އެއަށް ވުރެ ސަޅި ކަމަކީ ގަޑިއެއްހާ އިރު ވަންދެން ފްރިޖުން ބޭރުގައި ބެހެއްޓިޔަސް ދިޔާވެގެން ހަލާކުވެގެން ނުދާ ކަމެވެ. ހަމަ އެއާއެކު އޭގައި ހުންނަ ޗޮކްލެޓް ކްރީމް ކޮޅުގެ ކްރީމީ މީރު ރަހައެވެ.

ރަހަ މީރު ކޭކު ތައްޔާރުކޮށް ވިއްކަމުން އަންނަ މަޝްހޫރު ފްރުޓީ މެލޯއިން ތައްޔާރުކުރާ ހަމަ ކޮންމެ އެއްޗެއް ވެސް އެހާމެ މީރެވެ. ޚާއްޞަ ގޮތެއް ހުރެއެވެ. ކުޑަކުޑަ ޕާޓީއެއް ވަގުތުން ތައްޔާރުކޮށްލަން ބޭނުން ނަމަ ފްރުޓީ މެލޯ ކޭކްސް އަށް ވަދެލުމުން ޕާޓީ ތައްޔާރުކޮށްލެވޭނެ ހުރިހާ އެއްޗެއްވެސް ފަސޭހައިން ލިބިގެންދާނެވެ. ޑިޒައިންކޮށް ހަދާފައިވާ މީރު ކޭކްގެ އިތުރުން ޕާޓީ ޓޭބަލް ތައްޔާރުކޮށްލެވޭނެ އަދި ތަން ޑެކަރޭޓް ކޮށްލެވޭނެ ހުރިހާ އެއްޗެއްވެސް އެތަނުން ލިބެން ހުރެއެވެ.

“އަޅުގަނޑުމެންގެ 2 އައުޓްލެޓް މިވަގުތު ހުރީ. ޖަމާލުއްދީން ސްކޫލް ކައިރީގައި ހުރި ޝޮޕުން ހުރިހާ ވައްތަރެއްގެ ކޭކް އަދި ކޭކް ޑެކަރޭޓް ކޮށްލުމަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބޭއިރު ހެންވޭރު ސަހަރާ ކައިރީގައި ހުރި ފްރުޓީމެލޯގެ ޝޮޕުން ކޭކޭ ތައްޔާރު ކުރުމަށް ބޭނުންވާ ހުރިހާ ސާމާނަކާއި އަދި ޕާޓީ ޓޭބަލް ހެދުމަށް ބޭނުންވާ ހުރިހާ ސާމާނެއް ރަނގަޅު އަގުގައި ލިބިގެންދާނެ” ފްރުޓީ މެލޯ ކޭކްސް އިން ކިޔައިދިނެވެ.

ކޮވިޑް 19 ގައި ވެސް ވިޔަފާރިއަށް އެއްވެސް ހުއްޓުމެއް ނައިސް އާ އައުޓްލެޓާ އެކު ފުރްޓީ މެލޯ ކޭކްސް މާލޭގައި ދުވަހުން ދުވަހަށް މަޝްހޫރުވެ ގިނަ ބަޔަކަށް މަގުބޫލު ތަނަކަށް ވަމުން އަންނަނީ އެތަނުގެ ޕްރޮޑަކްޓްސް ތަކުގެ ރަހަ މީރު ކަމުންނެވެ. ކޮލިޓީ އެއްވަރެއްގައި އަބަދުވެސް ހިފެހެއްޓޭތީއެވެ.

ކޭކްގެ އިތުރުން ތަފާތު އިތުރު ޕްރޮޑަކްޓް ތައް ބާޒާރަށް ނެރުމަށް ފްރުޓީ މެލޯ ކޭކްސް އިން ކުރަމުން އަންނަ މަސައްކަތުގައި އެންމެ ފުރަތަމަ ތައްޔާރުކޮށް ބާޒާރަށް ނެރުނު ބިސްކޮޓޯ ޑެލިޝް އަށް ވެސް އާންމުންގެ ތަރުހީބު ދަނީ އޮހެމުންނެވެ.

ޗޮކްލެޓް ޕުޑިން ދެކެ ލޯބިވާ ފަރާތްތަކަށް އޮތް އުފާވެރި ޚަބަރަކީ މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބު ތަކުން ވެސް މި ޕްރޮޑަކްޓް ވަރަށް އަވަހަށް ލިބޭނެ ގޮތް ހެދުމަށް ފްރުޓީމެލޯ ކޭކްސް އިން މަސައްކަތް ކުރަމުން އަންނަ ކަމެވެ،