English Edition
Dhivehi Edition

ތަފާތު އެކި މުނާސަބާ ފާހަގަ ކުރުމަށް ހަދިޔާ ބަދަލު ކުރުމަކީ ޒަމާނުއްސުރެ އަހަރެމެންގެ ތެރޭގައި އޮންނަ ރީތި އާދައެކެވެ. ބަދަލުވަމުން ދިޔައީ ހަދިޔާ ދޭ ގޮތާއި ދޭ ހަދިޔާއެވެ. މީގެ ކުރިން އީދު ދުވަހު ކެޔޮފަތުގައި ފިހެފައި އޮންނަ މީރު ބޯކިބަލަކުން ނުވަތަ އަތަރު ބައްތިއަކުން ނޫންނަމަ މީރު ބިލެތް މަލާފަތަކުން ހަދިޔާ ދެމުން އައި ނަމަވެސް މިހާރު ވައްޓަފާޅިއަށް މިވަނީ ބަދަލު އައިސްފައެވެ.

ޢީދު ފަދަ ދުވަސްތަކާއި ދިމާކޮށް އެކިވިޔަފާރިތަކުން ތަފާތު އެކިކަހަލަ ޕެކޭޖްތައް ތައާރަފް ކޮށް އިޝްތިހާރު ކުރަމުން އަންނަ އިރު ގިނަ ބަޔެއްގެ މެދުގައި މަޝްހޫރު ފްރުޓީ މެލޯ ކޭކްސް އިން ވެސް ވަނީ ދުވަހަށް ޚާއްޞަ ޕެކޭޖް ތައްޔާރުކޮށް ވިއްކަން ފަށާފައެވެ.

ފްރުޓީމެލޯ ކޭކްސް އިން މިފަހަރު ތައާރަފް ކޮށްފައިވަނީ 2 ޕެކޭޖެކެވެ.

ފުރަތަމަ ޕެކޭޖްގައި ހިމެނެނީ ބިސްކޮޓޯ ޑެލިޝް އަކާއި ޝުގަރ ކޫކީސްގެ އިތުރުން ޑޯނަޓް އަކާއި ޑެކަރޭޓެޑް ކުކީސް އެވެ. މި ޕެކޭޖްގެ އަގަކީ 135 ރުފިޔާއެވެ.

ދެވަނަ ޕެކޭޖްގައި ހިމެނެނީ 4 ކަޕްކޭކާއި ޗޮކްލެޓް އަދި މެކްރޫންސް އާއި ކޭކް ޕޮޕްސް ގެ އިތުރުން ޑެކަރޭޓެޑް ކުކީސް އެވެ. ޕެކޭޖްގެ އަގަކީ 315 ރުފިޔާއެވެ.

ފުރުޓީމެލޯކޭކްސް ގެ އޯނަރ ފާތިމަތު ޝިފާ ވިދާޅުވީ ތަފާތު އެކި ދުވަސްތަކާއި ގުޅުވައިގެން ފުރުޓީމެލޯ އިން އަބަދުވެސް ކަސްޓަމަރުން އެންމެ ބޭނުންވާ ގޮތަށް ރަހަމީރު ޕެކޭޖް ތައް ހެޔޮ އަގުގައި ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ ޕޮޒިޓިވް ފީޑް ބެކްއަކީ މަސައްކަތަށް ލިބެމުން އަންނަ ހިތްވަރެއް ކަމަށެވެ.

“އީދު ހަދިޔާއަށް ދޭން އެންމެ ބެސްޓް އެއްޗަކީ މިއީ. އަގު ހެޔޮވެފަ ކޮންމެ މީހަކަށް ވެސް ގަނެލެވޭނެ ޕެކޭޖްތަކެއް މިއީ” ފުރުޓީ މެލޯ އިން ބުނެއެވެ.

ފުރުޓީމެލޯ ކޭކްސް ގެ ޢީދު ޚާއްޞަ ޕެކޭޖްތަކުން ޕެކޭޖެއް ގަންނަން ބޭނުން ނަމަ 7996352. މި ނަމްބަރަށް އަވަހަށް ގުޅާލަންވީއެވެ!