English Edition
Dhivehi Edition

ފެބްރުއަރީ 14 އަކީ ވަރަށް ގިނަ ފަހަރަށް ލޯބިވެރިން އެމީހުން އެންމެ ލޯބިވާ ފަރާތަށް ލޯބީގެ ރަމްޒެއްގެ ގޮތުން ފިނިފެންމަލާއި ކޭކުފަދަ ތަކެތި ހަދިޔާ ކުރާ ދުވަހަކަށް އޮންނަނީ ވެފައެވެ. ތިމާ އެންމެ ލޯބިވާ މީހަކަށް އެންމެ ރީތި މަލެއް ދިނުމާއި އަދި އެންމެ ރަހަ މީރު ބަލާލަންވެސް ތަފާތު ކޭކު ހަދިޔާ ކުރުން އެއީ ވަރަށް ޚާއްޞަ ކަމެއްގެ ގޮތުގައި މި ޒަމާނުގެ ކުދިން ދެކެއެވެ. އެގޮތުން ދުވަހަށް ޚާއްޞަ ކޮށްގެން ކޭކު ފިހާރަތަަކުން ތަފާތު ވައްތަރުގެ ރީތި ކޭކުތައް ހަދަމުން ދިޔައިރު ގިނަ ބަޔަކަށް އެންމެ ކަމުދިޔައީ މާލޭގައި ނަން މަޝްހޫރު ފްރުޓީމެލޯގެ ލޯބީގެ ކޭކުތަކެވެ. ދުވަހަށް ޚާއްޞަކޮށްގެން އެތަނުން ތައްޔާރުކުރި ޕެކޭޖްތައް ވިކުނު މިންވަރު ގިނައެވެ. ސަބަބުތައް ވެސް ބައިވަރެވެ. ފުރުޓީމެލޯގެ ކޭކްސް ބަލާލަން ހަމައެކަނި ރީތީ ނޫނެވެ. ރަހަވެސް އެހާމެ މީރީއެވެ!

މިއަދަށް ޚާއްޞަ ކޮށްގެން ފުރުޓީ މެލޯއިން ވަނީ ތަފާތު 4 ޕެކޭޖެއް ތައާރަފް ކޮށްފައެވެ. ފުރަތަމަ ޕެކޭޖްގައި ހިމެނެނީ 4 ކަޕްކޭކާއި އެކު ރީތި ރަތް ފިނިފެންމަލެކެވެ. މި ޕެކޭޖްގެ އަގަކީ 195 ރުފިޔާއެވެ.

ދެވަނަ ޕެކޭޖްގައި ހިމެނެނީ ބެންޓޯ ކޭކަކާއި 2 ކަޕްކޭކާއި އެކު ރަތް ފިނިފެންމަލެކެވެ. މީގެ އަގަކީ 275 ރުފިޔާއެވެ.

 

3 ވަނަ ޕެކޭޖްގައި ހިމެނެނީ ހާޓް ކޭކާއި 2 މިނި ޑައިމަންޑް ހާޓް އަދި ރަތް ފިނިފެންމަލެކެވެ. މި ޕެކޭޖްގެ އަގަކީ 385 ރުފިޔާއެވެ.

 

4 ވަނަ ޕެކޭޖްގައި ހާޓް މޫސް ކޭކް އަކާއި 4 މެކްރޯންސް އާއި 4 ފެރާރޯ ހިމެނޭއިރު މި ޕެކޭޖްގައި ވެސް ރީތި ރަތް ފިނިފެންމަލެއް ލާފައިވެއެވެ. ޕެކޭޖްގެ އަގަކީ 485 އެވެ.

ފުރުޓީމެލޯކޭކްސް ގެ އޯނަރ ފާތިމަތު ޝިފާ ވިދާޅުވީ ތަފާތު އެކި ދުވަސްތަކާއި ގުޅުވައިގެން ފުރުޓީމެލޯ އިން އަބަދުވެސް ކަސްޓަމަރުން އެންމެ ބޭނުންވާ ގޮތަށް ރަހަމީރު ކޭކު ހެޔޮ އަގުގައި ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ ޕޮޒިޓިވް ފީޑް ބެކްއަކީ މަސައްކަތަށް ލިބެމުން އަންނަ ހިތްވަރެއް ކަމަށެވެ.

ފުރުޓީމެލޯ ކޭކްސް ގެ މިއަދުގެ ޚާއްޞަ ޕެކޭޖްތަކުން ޕެކޭޖެއް ގަންނަން ބޭނުން ނަމަ 7996352. މި ނަމްބަރަށް އަވަހަށް ގުޅާލަންވީއެވެ!

 

.