English Edition
Dhivehi Edition
ވިއްސާރަވެ އައްޑޫސިޓީގެ މަގުތަކުގައި ފެންބޮޑުވެފައި/ފޮޓޯއޭއޯނިއުސް

އަދަކީ އައްޑޫސިޓީއައް ވަރައް ވިއްސާރަސް ވީ ދުވަހައް.

ބޯވާރެއިއެއި ގަދަ ވައިއެއި އެއްކޮއް އަދަ އައްޑޫއައް ކެޑެ ވިއްސާރައިއެތެރެ ގެސްގެހަށާއި ބައެއް ގޭގެއް ގެއްލުންވި. ފެންބޮނޑަ ވުމުގެ ސަބަބުން މަގަތަކަސް ފުރި ގޭގޭގެ އެތެރަށަސް ފެންވެދެފެއި ވެނީ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފުން ބެނީ ރާއްދޭގެ ދެކުނަށް ކެރާ ވިއްސާރާއި ގުޅިގެން އައްޑޫސިޓީ ހިތަދޫގެ ގެއަކި ފެރާޑަ އުދުހި އެގެއް ބޮނޑަ ގެއްލުންތަކެއް ވުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިޔާގެ ސިފައިން އެހީތެރިކަން ފޯރުކޮއްދިން ކަމައް.

މިހާދިސާގެ ރިޕޯޓް އެއިދާރާއް ލިބެނެއި އަދަ 3.40 އެހެއިކައްވޭލެއި.

މިވަގުތެ ހިތަދޫއައް ވާރެއި ހުއްޓަފެއި މިއޮތީ. އެހެންފެހެނާސް އަދަހަމަ އެއްކޯ ބޯނިކަނޑައި ގެއި ބޯކޮއް ގަދަ ވައިއެއި އެއްކޮއް ވާރެއި ގަރަމުން

މިރެއި 8 ޖެހުމާއި ހަމާއް މޫސުމާއި ބެހޭ އިދާރާން އޮތީ ހުދު ސަމާލަސް ނުކުންމަފެއި. އެކަމަކި މިކޯއޮތީ ހުދު ސަމާލު ނަގަފެއި. މިވަގުތެ ރާއްދޭގެ އެހެން ސަރަހައްދުތަކައް ހުދު ސަމާލު ނުކުންމަފެއިވޭކަން ފާފުކަ ކެރަން.