English Edition
Dhivehi Edition

ގދ.ކާޑެއްދޫ އެއަރޕޯޓުގައި މަސައްކަތްކުރާ މުވައްޒަފަކު ކޮވިޑް އަށް ފައްސިވެއްޖެއެވެ.

މައުލޫމާތު ލިބުނުގޮތުގައި ޖޫން 22 ވަނަ ދުވަހު ކާޑެއްދޫ އެއަރޕޯޓްގެ މުވައްޒަފަކު މަސައްކަތުގައި އުޅެފައި ތިނަދޫއަށް އައިސް ކުރި ޕީސީއާރު ޓެސްޓުގެ ނަތީޖާ މިވަނީ ފައްސިވެފައެވެ.

ކާޑެއްދޫއަކީ އަތޮޅުތެރޭ ގިނަ ރަށްރަށުގެ މީހުން ވަޒީފާ އަދާކުރަންދާ ރަށަކަށް ވެފައި ކާޑެއްދޫ އެއަރޕޯޓުގައި މަސައްކަތްކުރާ މުވައްޒަފަކު ފައްސިވުމުން އޭގެ ނުރައްކާ ހުރިހާ މުވައްޒަފުންނަށް އޮންނާނެއެވެ. އެހެންކަމުން ކާޑެއްދޫގެ ގިނަ މުވައްޒުފުންތަކެއް އުޅޭ މަޑަވެލި އަދި ހޯނޑެއްދޫއިން ކާޑެއްދޫއަށް ކުރާ ދަތުރުތައް ހުއްޓާލަން ވަނީ އަންގާފައި އެވެ.

މަޑަވެލީ ކައުންސިލުން ނެރުނު ބަޔާނުގައިވާ ގޮތުން މާދަމާއިން ފެށިގެން މަޑަވެއްޔާ ކާޑެއްދޫއާ ދެމެދު ކުރަމުން އަންނަ ހުރިހާ ދަތުރެއް މެދުކަނޑާލަން މިވަނީ އަންގާފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކަށް ކައުންސިލުގެ ހާއްސަ ހުއްދައެއް ނެގުމަށް ވަނީ އަންގާފައެވެ.

ކާޑެއްދޫގައި މަސައްކަތްކުރާ ތިނަދޫ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން މަޑަވެލި ހޯޑެއްދޫގެ އިތުރުން އަތޮޅުތެރޭ ގިނަ ރަށްތަކުގައި މިވަނީ ކާޑެއްދޫއަށް ދަތުރުކުރުން މެދުކަނޑާލަން އަންގާފައެވެ.