English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވެސް (ބީ.އެމް.އެލް)ގެ މޮބައިލް ބޭންކިންގ އެޕަށް ބަދަލުތަކެއް ގެނެސް އިތުރު ފީޗާރސްތަކާއެކު ތައާރަފްކޮށްފިއެވެ.

ބީ.އެމް.އެލް މޯބައިލް ބޭންކިންގ އެޕަށް ގެނެވުނު ބަދަލުތަކަށް ބަލާލާއިރު:

  • ކުއިކް ޕޭ،
  • ކޮންޓެކްޓެއްގެ ގޮތުގައި ނުހިމަނައި ފައިސާ ޓްރާންސްފަރ ކުރެވޭ ފަސޭހަ ގޮތެއް
  • ފައިސާ ޓްރާންސްފަރކުރުމުގެ ކުރިންނާއި ކޮންޓެކްޓެއްގެ ގޮތުގައި ހިމެނުމުގެ ކުރިން އެކައުންޓްގެ ވެރިފަރާތް ޔަގީންކުރެވޭ ގޮތް
  • ކުރިންކޮށްފައިވާ މުއާމަލާތްތަކުގެ ރަސީދު ލިބޭނެ ގޮތް
  • ޕަރސަނަލް، ޖޮއިންޓް ނުވަތަ ބިޒްނަސް އެކައުންޓްވެސް އެޕް މެދުވެރިކޮށް ބޭނުންކުރެވޭނެ
  • ބޭންކިންގ ޚިދުމަތްތަކަށް އެދި ހުށަހެޅުމާއި ކާޑު މެނޭޖްކުރުމުގެ އިތުރުން މައުލޫމާތު އަޕްޓޭޑް ކުރުން ބޭންކަށް މެސެޖް ފޮނުވުމާއި ބޭންކުން ޖަވާބު ފޮނުވުމުން ނޮޓިފިކޭޝަން ލިބުން ހިމެނެއެވެ.

މިބަދަލުތަކާ ބެހޭގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މިއީ ކަސްޓަމަރުންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ޓެކްނޮލޮޖީއަށް ކުރަމުންދާ އިންވެސްޓްމަންޓްގެ ދަށުން ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.

” އަލަށް ތައާރަފްކޮށްފައިވާ މި އެޕްގައި ކުރިން ހަމައެކަނި އިންޓަރނެޓް ބޭންކިންގ ޕްލެޓްފޯމް މެދުވެރިކޮށް ލިބެމުންދާ ޚިދުމަތްތައް ހިމެނިގެންދާނެ. އަދި ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސް ހިމެނޭހެން އެޕަށް އިތުރު ފީޗާރސްތައް ތައާރަފް ކުރެވިގެންދާނެ.” ޓިމް ސޯޔަރ ވދާޅުވިއެވެ.

އެޕް ސްޓޯރ އާއި ގޫގުލް ޕްލޭއިން ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް ޑައުންލޯޑްކުރެވޭނެއެވެ.