English Edition
Dhivehi Edition

ރާއްޖޭގައި ފުރަތަމަފަހަރަށް، ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ ލަވަ މުބާރާތް އުސްވާ އާއި ޗަދޫ ކާމިޔާބުކޮށްފިއެވެ.

ސްޓާ މޭކާސް އެޕްލިކޭޝަންގެ ދިވެހި ފެމެލީ އެއްކަމަށްވާ ‘ކްލަބް އޭކޭ’ ގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ 30 ފަރާތަކުންވަނީ ބައިވެރިވެފައެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތު މިރޭ ބާއްވާފައިވާއިރު، މުބާރާތުގެ އަންހެން ކެޓަގަރީއިން އެއްވަނަ ހޯދީ އުސްވާއެވެ، ފިރިހެން ކެޓަގަރީއިން އެއްވަނަ ހޯދީ ޗަދޫ އެވެ.

މިރޭ ބޭއްވި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީގެ ލަވަތައް އަޑުއިވިގެން ދިޔައިރު މިއީ ސްޓާ މޭކާސް އިން ރާއްޖޭގައި ބޭއްވި ފުރަތަމަ ލަވަ މުބާރާތެވެ.

މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވީ ރުކްމާ އަލީ އަދި މުހައްމަދު ޝާހިދުއެވެ. މިފަހަރުގެ މުބާރާތުގެ އެއްވަނަ އަންހެން އަދި ފިރިހެން ލަވަކިޔުންތެރިޔާއަށް 1500 ރުފިޔާގެ އިނާމެއް ހުށަހަޅާފައިވާއިރު ދެވަނަ އަންހެން އަދި ފިރިހެން ލަވަކިޔުންތެރިޔާއަށް ވަނީ 1000 ރުފިޔާފެ އިނާމެއް ހުށަހަޅާފައެވެ. ތިންވަނަ އަންހެން އަދި ފިރިހެން ލަވަކިޔުންތެރިޔާއަށް ހުށަހަޅާފައިވަނީ 500 ރުފިޔާގެ އިނާމެކެވެ.

މުބާރާތް ކުރިއަށް ގެންދިޔަ އެޕްލިކޭޝަން ސްޓާ މޭކާސް އަކީ އޮންލައިންކޮށް ލަވަކިޔާ އެޕްލިކޭޝަނެކެވެ،