English Edition
Dhivehi Edition

ބަންގްލަދޭޝަށް ހިޖުރަކޮށްފައިވާ ރޮހިންގާ މުސްލިމުން އުޅެމުންދާ ރެފިއުޖީ ކޭމްޕުތަކުގައި ކޯލެރާ ފެތުރުމުގެ ބިރު އެބައޮށްކަމަށް ޑަބްލިއު.އެޗް.އޯ އިން ބުނެފިއެވެ.

މިއަދު ޑަބްލިއު.އެޗް.އޯ އިން ބުނެފައިވަނީ މިހާރުވެސް ރޮހިންގާގެ 436000 މީހުން 68 ރެފިއުޖީ ކޭމްޕްތަކުގައި އުޅެމުންދާކަމަށާއި، އެމީހުންނަށް ސާފު ބޯފެނާއި، ފާހާނާކުރުމުގެ ނިޒާމެއް ހަމަޖެހިފައިނުވާކަމަށެވެ. އަދި ރަގަޅުކާނާ އާއި ބޭސްފަރުވާ ނުލިބުމުގެ ސަބަބުން އެ ސަރަހައްދުގައި ބަލިމަޑުކަމެއް ފެތުރުމުގެ ބިރުއޮށްކަމަށ ޑަބްލިއު.އެޗް.އޯ އިން ވަނީ ބުނެފައެވެ. “

މިހާރު ދުނިޔޭގެ އެންމެ ގިނަ ރެފިއުޖީން އުޅެމުންދާ ބަންގަލްދޭޝްގައި މިހާރުވެސް ރޮހިންގާގެ 4500އަށްވުރެ ގިނަ މީހުންނަށް ޑައިރިއާ ޖެހިފައިވާކަމަށް ބަންގަލަދޭޝްގެ ހެލްތު އެތޯރިޓީއިންވަނީ ބުނެފައެވެ. އަދި ފާއިތުވެ ދިޔަ އެއްމަސް ދުވަހުގެ ތެރޭގައި ޑަބިލުއު.އެޗް.އޯ އާއި ގުޅިގެން ރޮހިންގާގެ 80000 ކުދިންނަށް މީސެލް އާއި ޕޯލިއޯ ވެކްސިން ދީފައިވާކަމަށް ހެލްތު އެތޯރިޓީއިންވަނީ ބުނެފައެވެ. ބަންގަލަދޭޝްގެ ހެލްތު އެތޯރިޓީއިންވަނީ އެ ސަރަހައްދުގެ ހާލަތުވަރަށް ކައިރިން ބަލަމުންދާ ކަމަށާއި ކުއްލިއަކަށް ދިމާވެދާނެ ބަލިމަޑުކަމެއްގެ ސަބަބުން ކަންބޮޑުވާކަމަށެވެ.

މިޔަންމާގެ އަސްކަރިއްޔާ އިން ރޮހިންޖާ މުސްލިމުންނާއި މެދު ހިންގަމުންދާ ލާއިންސާނީ އަނިޔާތަކުން ސަލާމަތްވުމަށް ފާއިތުވެދިޔަ އެއްމަސްދުވަހުގެ ތެރޭގައި 436000 އަށްވުރެ ގިނަމީހުންވަނީ ބަންގަލަދޭޝްއަށް ހިޖުރަކޮށްފައެވެ.