English Edition
Dhivehi Edition

ކޮންމެ އަހަރަކުވެސް ހުޅެވި ހަނދުގެ މޫސުމެއް އަންނާނެއެވެ. އެގޮތުން ބަލާއިރު މިއަދަކީ (މެއިމަހު 26 ވާ ބުދަ ދުވަސް) މިއަހަރުގެ ދެވަނަ ހުޅެވި ހަނދު ދުނިޔެއަށް ފެނިގެންދާނެ ދުވަހެވެ. އެހެންނަމަވެސް މިރޭ ފެނިގެންދާނެ ހުނޅެވި ހަނދު ތަފާތުވާނެއެވެ. މިއީ މިއަހަރު ފެނިގެންދާ ދެވަނަ ހުޅެވި ހަނދެވެ. ފާއިތުވީ އޭޕްރީލްމަހުގައިވެސް ވަނީ ހުޅެވި ހަދެއް ފެނިފައެވެ.

މިއަހަރުގެ ދެވަނަ ހުޅެވި ހަނދާއެކު ދުނިޔޭގެ ބައެއް ޤައުމުތަކަށް ފުރިހަމަ ހަނދުކޭތައެއް ބައެއް ޤައުމުތަކަށް ފެނިގެންދާނެކަމަށް ނާސާއިން ވަނީ ހާމަކޮށްފައެވެ.

މިރޭގެ ހަނދު އާދަޔާ ޚިލާފަށް ބޮޑުވެފައި އަލިގަދަވާނެއެވެ.

ދުނިޔެއާ 98 ކިލޯމީޓަރު ކައިރިން ފެނިގެންދިޔަ ހުޅެވި ހަނދާއި މެއި 26 ވަނަ ދުވަހު ފެންނާނެ ހުޅެވި ހަނދު ތަފާތުވެފައި ދުނިޔެއާއި ވަރަށް ކައިރިން ފެނިގެންދާނެއެވެ. ނާސާއިން ބުނާގޮތުގައި މެއި މަހު ފެނިގެންދާ ހުޅެވި ހަނދު ދުނިޔެއާއި 157 ކިލޯމީޓަރު ކައިރިން ފެނިގެންދާނެއެވެ. އެހެން ނަމަވެސް އެރޭ ހިފާ ކޭތަ ފެންނާނީ ދެކުނު އެމެރިކާގެ ހިސާބުތަކަށެވެ. އެމެރިކާގެ އެހެން ހިސާބުތަކަށް ކޭތަ ފެނުނުކަމުގައިވިޔަސް ފުރިހަމަ ކޭތައެއް ނުފެންނާނެއެވެ.

ނާސާގެ ވެބްސައިޓުން ހާމަކުރާގޮތުގައި އެރޭގެ ހަނދު އެހެންރޭތަކާ ޚިލާފަށް 7 ގުނަ ބޮޑުވާނެއެވެ. ދުނިޔޭގެ އެހެން ޤައުމުތަކަށް މިކޭތަ ނުފެނުނުކަމުގައި ވިޔަސް ހުޅެވި ހަނދެއް ފެނިގެންދާނެއެވެ.

ފާއިތުވީ ދެއަހަރަށް ބަލާލާއިރު މެއި 26 ވަނަ ދުވަހަކީ ފުލްމޫން އަކާއެކު ހުޅެވިހަނދެއްގެ އިތުރުން ހަނދުކޭތައެއް ހިފާ ފުރަތަމަ ފަހަރެވެ.

 

1 ކޮމެންޓް
މުހުއްމާ
މެއި 26, 2021
ދެވަނަ ހުޅެވި ހަނދު؟ ކޮންމި މަހަކިއަސް ފެރަަތުމަ ރެއި އަރާ ހަނދަށް ހުޅެވި ހަނދާއު ކޭނީ! މިރެއި ކޮން ހުޅެވި ހަނދަށް އަރަނީ؟؟؟؟