English Edition
Dhivehi Edition

ގއ ނިލަންދޫ ޕޮލިސް ޑެސްކާއި، ކައުންސިލް ގުޅިގެން އެރަށުގެ ލޯންޗު ތަކުގެ ކައްޕިންނާއި، މަސްވެރިންނަށް އަމާޒު ކޮށްގެން ކޯވިޑް19 އާއި ބެހޭގޮތުން މަޢުލޫމާތު ދީ ހޭލުންތެރިކުރުވުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފި އެވެ.

ނިލަންދޫ ކައުންސިލް އިދާރައިގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމަކީ ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް 19 އާ ގުޅިގެން، ނިލަންދޫގައި ދުއްވާ އޮޑިދޯނި ފަހަރުގެ ކެޔޮޅުންނާއި ލޯންޗު ކައްޕިން ހޭލުންތެރި ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ބައްދަލުވުމުގައި މައުލޫމާތުދީފައިވަނީ މަހަށް ނިކުމެ އުޅޭއުޅުމުގައާއި އަދި މަސް ކިރުމުގައި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަންގާފައިވާ ގައިޑްލައިނަށް އަމަލު ކުރުމާ ގުޅޭގޮތުންނެވެ. މިގޮތުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާއިރު ޒަރޫރީ ބޭނުންމެއްގައި ނޫން ގޮތަކަށް އެއްވެސް ރަށަކަށް ނުފޭބުމަށާއި ޚާއްސަކޮށް ގއ. ކޫއްޑުއަށް މަސްކިރަން ގޮސް އުޅޭއުޅުމުގައި ވެސް ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، ރަށުތެރޭގައި އުޅޭއުޅުމުގައިވެސް ގައިދުރުކަން ބަހައްޓައި ވީހާވެސްގިނައިން އަތްދޮވުމަށާއި ކަރަންޓީންގައި ތިބޭފަރާތްތަކަށް ޒިޔާރަތްނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ

ގއ އަތޮޅުން ކޯވިޑް19 ގެ ގިނަ ކޭސްތަކެއްފެނިފައިވާއިރު ނިލަންދޫއިންވެސް މިއަދު މިވަނީ ހޯމްކަރަންޓީނުގައި ހުރި ފަރާތެއް ފައްސިވެފައިއެވެ.