English Edition
Dhivehi Edition

ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ޒާހިރު އާދަމް، އާންމު ނަމުން ނަމަ ގައްދޫ ޒާހިރު މިރޭ އަވަހާރަ ވެއްޖެއެވެ.

ގައްދޫ ޒާހިރަކީ، ރައްޔިތުންގެ މަޖިލީހުގައި ވަރަށް ހީވާގިކޮށް މަސައްކަތް ކުރެއްވި މެންބަރެކެވެ. އޭނާ ވަނީ މިހާރު އަމަލުކުރާ ގާނޫނުއަސާސީ އެކުލަވައިލުމުގެ މަސައްކަތުގައި ވެސް އިސް ދައުރެއް އަދާކުރައްވާފަ އެވެ

ރިސޯޓް ވިޔަފާރި އާއި ސަފާރީ ވިޔަފާރި ހިންގެވުމުގެ އިތުރަށް، ނިޔާވުމާއި ހަމައަށްވެސް ވިޔަފާރީގެ ތެރޭގައި ކޮންމެވެސް ވަރަކަށް އުޅުއްވަމުން ދިޔަ ގައްދޫ ޒާހިރު ވަނީ ކޮވިޑް އަށް ޕޮސިޓިވް ވެ ހާލު ރަނގަޅު ވެފައި ކަމަށް މައުލޫމާތު ލިބެއެވެ.

ޒާހިރު އަވަހާރަވި އިރު އުމުރުފުޅުން 80 އަހަރެވެ.