English Edition
Dhivehi Edition
މަސްދޯންޏެއްގެ ފަޅުވެރިއަކަށް ޞިއްޙީ ކުއްލި މައްސަލައެއް ދިމާވެގެން އެމްއެންޑީއެފުން އެހީތެރިވަނީ - ފޮޓޯ: އެމްއެންޑީއެފް

މަސްދޯންޏެއްގެ ފަޅުވެރިއަކަށް ޞިއްޙީ ކުއްލި މައްސަލައެއް ދިމާވެގެން އެމްއެންޑީއެފުން ޙަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފުން ހާމަކުރި ގޮތުގައި ލ. މާބައިދޫގެ އިރު ދެކުނުން 13 ނޯޓިކަލް މޭލު ބޭރުން، 16 މީހުންނާއެކު މަސްވެރިކަން ކުރަން ނިކުމެ ދުޅުނު “އާރކް” ނަމަކަށް ކިޔާ ދޯނީގައި ހުރި ބިދޭސީ ފަޅުވެރިއަކަށް ކުއްލި ޞިއްޙީ މައްސަލައެއް ދިމާވެގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ޙަރަކާތްތެރިވެފައިވާ ކަމަށެވެ.

އެގޮތުން އެ މީހާ ރޭ 10:05 ހާއިރު ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާ އާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.