English Edition
Dhivehi Edition

  ބޭނުންވާ ތަކެތި: 1 އާފަލު 1 ވައް ދޮންކެޔޮ 1 ކެރޮޓް މީޑިއަމް ސައިޒް 1 ޖޯޑު ފެން އައިސްކިއުބް   ތައްޔާރުކުރާނެ ގޮތް: ދޮންކޭލާއި އާފަލު އަދި ކެރޮޓްގެ ބޭރު ތޮށި މަށާލުމަށްފަހު ކުދިކުދިކޮށް ކޮށާލާށެވެ. މިކްސަރ އަކުން އައިސް ކިއުބް އަދި ފެން އަޅައިގެން އޮމާން ވަންދެން ގިރާލާށެވެ. އަދި މިންޓް ފަތެއް މައްޗަށް އަޅާ ގާނިޝްކޮށްލާށެވެ. މި ޖޫސް ތައްޔާރުކުރުމަށް ފަހު މާ ގިނަ އިރު ނުކޮށް ބޯންވާނެއެވެ. ނޫންނަމަ ޖޫހުގެ ކުލަ ބަދަލުވެގެން ދާނެއެވެ.