އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް، 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑް ތަކާއި އެކު ގއ.ދެއްވަދޫއަށް ތަޢާރަފު ކޮށްފިއެވެ.
ހަލުވި ސްޕީޑްތަކާއި، ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްގެ އިތުރުން ސްޕަރނެޓް ޚިދުމަތް ދެއްވަދޫއިން ހޯދާ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސްވެސް ލިބޭނެއެވެ.
އުރީދޫ އެކްޓިން ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވީ، އަބަދުވެސް މަސައްކަތްކުރަނީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ފެންވަރު ރަނގަޅު އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައި ދެކިގެން ކަމަށެވެ.
“މިއަދު އުރީދޫ ހޯމް ބްރޯޑްބޭންޑް ސްޕަރނެޓް ޚިދުމަތް ދެއްވަދޫ އަށްވެސް މިވަނީ ތަޢާރަފް ކޮށްފަ. ހަލުވި ސްޕީޑް ބްރޯޑްބޭންޑް ޚިދުމަތް މެދުވެރިކޮށް ހޯދޭ ގިނަ ފާއިދާތަކާއި ދެއްވަދޫ ރައްޔިތުންނަށް ގުޅުވާ ދެއްވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް އަދި ދިވެހި ރައްޔިތުންނަށް އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ކުރިއެރުން ހޯދާދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން އަރުވަން” ނިޔާޒް ވިދާޅުވިއެވެ.
އުރީދޫއިން ވަނީ ދާދި ފަހުން އުރީދޫ ސްޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑް ކޮށްފައެވެ. މި ބަދަލާއެކު ސްޕަރނެޓް ކަސްޓަމަރުންނަށް 5 ގުނަ އިތުރު ސްޕީޑާއެކު 68 އިންސައްތަ އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބެއެވެ.
މި ގޮތުން ދެއްވަދޫ ރައްޔިތުންނަށް، އެންމެ ހެޔޮ އަގުގައި އިންޓަރނެޓްގެ ޚިދުމަތް، ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެއެވެ. މި ޚިދުމަތް ހޯއްދެވުމަށް ނުވަތަ ސުޕަރނެޓް ޕެކޭޖް ތަކާއި ބެހޭ އިތުރު މަޢުލޫމާތު http://ore.do/getsupernet މި ލިންކުން ލިބެން ހުންނާނެއެވެ.