English Edition
Dhivehi Edition

ދެކުނުގެ ޓޫރިޒަމަށް ދިރުން ގެނެވޭނެ އެންމެ މުހިއްމު ވަސީލަތަކީ ގަން އިންޓަނެޝަނަލް އެއަރޕޯޓް ކަމަށް ވިދާޅުވެ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ދެއްކެވި ވާހަކަފުޅުތަކަށް ރައްޔިތުންގެ މަޖިލީހުގެ ގދ. ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް (ސަންނަ) މީސްމީޑިއާގައި ހޫނު ރައްދެއް ދެއްވައިފިއެވެ.

އައްޑޫގެ ޓޫރިޒަމް ޒޯންތަކުން ބިން ކާމިޔާބުކުރެއްވި ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކުރަން ފޭދޫ ޓޫރިޒަމް ޒޯންގައި ބޭއްވި ރަސްމިއްޔާތުގައި ޑރ. މައުސޫމް ވިދާޅުވި ވާހަކަފުޅުތަކާއި ގުޅިގެން ސަނީފް ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި ހުވަދުއަތޮޅުގެ ރައްޔިތުން އޭގައި ހިމަނައިގެން ވާހަކަ ދައްކަން ނުޖެހޭ ކަމަށެވެ. މިގޮތަށް ކުރެވޭ ކޮންމެ ކަމެއްގައި ހުވަދުއަތޮޅުގެ ރައްޔިތުންގެ ނަން ބޭނުންކޮށް، ގުރުބާން ކަންބަޅިތަކަކަށް ހުވަދޫ ރައްޔިތުން ނެހެދުމަށް ސަނީފް ވަނީ ޑރ. މައުސޫމަށް ގޮވާލާފައެވެ. އަދި މިނިސްޓަރ ކޮންމެވެސް އެހެން ކަމަކާއި އުޅުމަށާއި ހުވަދޫއާއި ގުޅުވައިގެން އެގޮތަށް ވާހަކަ ނުދެއްކުމަށް އެދޭ ކަމަށްވެސް ސަނީފް ވަނީ ފޭސްބުކްގައި ޕޯސްޓް ކުރައްވާފައެވެ.

މިނިސްޓަރ ކޮންމެވެސް އެހެން ކަމަކާއި އުޅޭ، ހުވަދޫ އާއި ގުޅުވައިގެން ތިގޮތަށް ވާހަކަ ނުދެއްކެވުން އެދެން. ހުވަދޫއަކީ ކަންބަޅިއެއްނޫން ޤުރުބާން ކުރަން ހުވަދޫ ރައްޔިތުން ތިބީ ތިގޮތަކަށްނޫން. – ސަނީފް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ޑރ. މައުސޫމް ވިދާޅުވީ ދެކުނުގެ ޓޫރިޒަމަށް ދިރުން ގެނެވޭނެ އެންމެ މުހިއްމު ވަސީލަތަކީ ގަން އިންޓަނެޝަނަލް އެއަރޕޯޓް މިހާރަށް ވުރެ ރަނގަޅަށް ހިންގުން ކަމަށެވެ. އެގޮތުން އިންޓަނޭޝަނަލް ފްލައިޓްތަކާއެކު ރާއްޖޭގެ އެހެން ޑޮމެސްޓިކް އެއަރޕޯޓްތަކަށް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމުތަކެއް ހުރުމަކީ ޓޫރިޒަމް ދާއިރާގެ ކުރިމަގަށް ވަރަށް މުހިއްމުކަމެއް ކަމަށާއި އައްޑޫ ސިޓީގައި އެނދުތައް އިތުރު ވުމަކީ ހުވަދޫއަށް ލިބިގެންދާނެ އިތުރު ކުރިއެރުމެއް ކަމަށް މިނިސްޓަރ މައުސޫމް ވަނީ ވިދާޅުވެފައެވެ.

އައްޑޫ ސިޓީގެ ތަރައްޤީއަށާއި، ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ގެންދިޔަ ނަމަވެސް ހުވަދުއަތޮޅަކީ ރާއްޖޭގެ އެންމެ ބޮޑު އަދި ފަތުރުވެރިކަމަށް ތައްޔާރު ކޮށްލެވޭނެ ގިނަ ރަށްތަކެއް ހުރި އަތޮޅަކަށް ވެފައި ސަރުކާރުން ހުވަދުއަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް މާބޮޑު މަސައްކަތްތަކެއް ނުކުރާކަން އެއަތޮޅުގެ ރައްޔިތުން ފާހަގަކުރެއެވެ.

ހުވަދުއަތޮޅުގައި އޮތް އެންމެ ގިނަ ދުވަސްވީ އެއަރޕޯރޓް ކަމުގައިވާ ކާޑެއްދޫ އެއަރޕޯޓަކީ ހުވަދުއަތޮޅުގެ ރައްޔިތުންނަށް ޙައްޤު މިންވަރުތޯ އެއަތޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ސުވާލު އުފައްދައި ކަންބޮޑުވުން ފުޅާކުރަމުންނެވެ. ހުވަދު އަތޮޅުގައި އިންޓަނޭޝަނަލް އެއަރޕޯޓެއް އެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

4 ކޮމެންޓް
ދެކުުނުފަތުރުވެރިޔާ
މާޗް 22, 2021
މީހަކު އެއްޗެއް ބުނެލާއިރަށް ފުންމައިގެން އަރާ މަޑިފަތީގައި ޖެހޭ ކަށެއްނުޖެހޭ. ޓޫރިޒަމް އަކީ ކިހިނެއް ތަރައްގީ ވާ އެއްޗެއްކަން ނޭގޭތީ މިނިސްޓަރ ވިދާޅުވި އެއްޗަކާއި ގުޅުވައިގެން ތިމޭރުމުން ވާހަކަ ތި ދައްކަވަނީ. ޓޫރިޒަމަކީ ހަމައެކަނި އެނދު ތަކެއްނޫން، ދަތުރުފަތުރެއްވެސް ނޫން. ރަށްތަކެއްވެސް ނޫން. ޓޫރިޒަމް ތަރައްގީވެ ފުޅާވަނީ ގިނަ ކަންތައްތަކެއް ފުރިހަމަވެ ގިނަ ތަޖްރިބާ ތަކެއް ފަތުރުވެރިޔާ އަށް ލިބިއަދި ފުރިހަމަ މެހެމާންދާރީ އެއް އަދާ ކުރެވިގެން. ކޮންމެ އަތޮޅެއްގައި އިންޓަރނޭޝަނަލް އެއަރޕޯރޓެއް އެޅިޔަކަސް ފަތުރުވިރިކަމެއް ފުޅާ ނުވާނެ. ކެތްތެރިކަމާ ހިކްމަތްތެރިކަމާއި އެކު ޕްލޭން ތަކެއް ކުރެވިގެން ޓޫރިަޒަމް ތަރައްގީ ކުރެވޭނީ. މިނިސްޓަރ ވިދާޅުވީ ހަމަ ރަންގަޅު ވާހަކައެއް. މިކަން މާލެ ސަރަހައްދުން އެއޮތީ ފެންނަން. އަރި އަތޮޅު ގެ ކާމިޔާބީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް. އަދި މާލެ ޕޯރޓް. ހަމަ މިގޮތަށް ފަތުރުވެރިކަން ޅ. ބ. ވ. ފ. ދ. އަތޮޅުގައި ފުޅާވެ ފައްކާވެގެން ދިޔައީ. ވީމާ ދެންވެސް އަވަހަށް އައްޑޫ ގަން އެއަރޕޯރޓަށް އިންޓަރނޭޝަނަލް ފްލައިޓް ގެނަސް އައްޑޫ އިން ހުވަދޫ އަށް ސީ ޕލްޭން ދަތުރާއި ކަނޑު ދަތުރު ފައްޓަންވީ. މަޖްލިސް ގެ ޢިއްޒަތްތެރި މެމްބަރުންވެސް ދައުލަތުގެ ވަޒިރުންނަށް އިޙްތިރާމް ކުރަންވާނެ. ހިތުހުރިހާ އެއްޗެއް ގޮވުމަކީ ދަށު ދަރަޖައި ގެ އަމަލެއް. އަދި ކިތަންމެ ބާރަށް ހަޅޭލިޔަސް ވާނެ މާކަ ބޮޑު ކަމެއްވެސް ނޯންނާނެ. އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯރޓް ކުރިޔަށްދާނީ. އެއީ އެކަމަށް ކޮށްފައިވާ ޚަރަދާއި އަދި ދެކުނު ގެ ހަމަބަކަށް ގަން އެއަރޕޯރޓް ވާނެތީ. އެގޮތަށް އެކަން ހިގުމުން އެންމެ ބޮޑު ފައިދާ އެއްކުރާނެ އެއްބަޔަކީ ހުވަދޫގެ ރައްޔިތުން. މިކަން ހަގީގަތަކަށް ހަދަން ސަނީފު ވެސް އަތުގުޅާލާ މަސައްކަތް ކުރުމަކީ އެންމެ ފައިދާ ބޮޑުވާނެ ގޮތް. ގަދަ ބަސް ބުނާ މީހުންނަށް ވާ ގޮތް ވަރަށް ގާތުން ސަނީފަށް ހުންނާނީ ފެނިފައި.
ބެއްޔާ
މާޗް 22, 2021
އަބްދުﷲ ސަނީފް ތިހިރީ ވަރަށް ބޮޑަށް އޮޅިފައި. ސަރުކާރުގެ ވަޒީރުން ވާހަކަ ދައްކަންވީ ގޮތް އެގޭނީ މެމްބަރުންނަކަށް ނޫން. މެމްބަރުންގެ ލެންސް ހަނިކަމުން ފެންނަނީ މަ މަ މަ މަގޭ ހުވަދޫ. ބަލަގަ މިނިސްޓަރ ވިސްނަވާނީ މުޅި މި ގައުމަށް. ވީމާ އައްޑޫގެ ވާހަކަ ދައްކާއިރު ފޯއްމުލައް ހުވަދޫ ހިމެނޭނެ. މި ދައްކަނީ ދެކެނެ ޓޫރިޒަމްގެ ވާހަކަ.
އައްޑޫ ހަސަނު
މާޗް 21, 2021
ހާދަ ވިސްނުންކޮށި މީހެކޭ އެއީ. ސަހަރޯ! ރާއްޖޭގައި ތަރައްގީއަށްޓަކައި ކުރާ ކޮންމެކަމަކީ މުޅިރާއްޖެއަށް ސީދާގޮތުން އަދި ނުސީދާގޮތުން ނަމަވެސް ފައިދާކުރާނެކަމެއް. މިސާލަކަށް ރާއްޖޭގައި1 ރިސޯޓް އޮތްނަމަ ރާއްޖޭގެ އިގްތިޞާދު ދަށްވާނެ، އަދި އޭގެ ސަބަބުން ހުވަދޫ ރައްޔިތުންނަށްވެސް އަސަރުކުރާނެ. އަދި ސަންނަގެ ޖީބަށް ވަންނަ ފައިސާވެސް މަދުވާނެ. މިހާރު އަޅުގަނޑަށް ޤަބޫލުކުރެވެނީ ސަންނައަކީ ރޭސިސްޓް މީހެއްކަމަށް.
ދެކުުނުފަތުރުވެރިޔާ
މާޗް 20, 2021
މީހަކު އެއްޗެއް ބުނެލާއިރަށް ފުންމައިގެން މަޑިފަތީގައި ޖެހޭ ކަށެއްނުޖެހޭ. ޓޫރިޒަމް އަކީ ކިހިނެއް ތަރައްގީ ވާ އެއްޗެއްކަން ނޭގޭތީ މިނިސްޓަރ ވިދާޅުވި އެއްޗަކާއި ގުޅުވައިގެން ތިމޭރުމުން ވާހަކަ ތި ދައްކަވަނީ. ޓޫރިޒަމަކީ ހަމައެކަނި އެނދު ތަކެއްނޫން، ދަތުރުފަތުރެއްވެސް ނޫން. ރަށްތަކެއްވެސް ނޫން. ޓޫރިޒަމް ތަރައްގީވެ ފުޅާވަނީ ގިނަ ކަންތައްތަކެއް ފުރިހަމަވެ ގިނަ ތަޖްރިބާ ތަކެއް ފަތުރުވެރިޔާ އަށް ލިބިއަދި ފުރިހަމަ މެހެމާންދާރީ އެއް އަދާ ކުރެވިގެން. ކޮންމެ އަތޮޅެއްގައި އިންޓަރނޭޝަނަލް އެއަރޕޯރޓެއް އެޅިޔަކަސް ފަތުރުވިރިކަމެއް ފުޅާ ނުވާނެ. ކެތްތެރިކަމާ ހިކްމަތްތެރިކަމާއި އެކު ޕްލޭން ތަކެއް ކުރެވިގެން ތަރައްގީ ކުރެވޭނީ. މިނިސްޓަރ ވިދާޅުވީ ހަމަ ރަންގަޅު ވާހަކައެއް. މިކަން މާލެ ސަރަހައްދުން އެއޮތީ ފެންނަން. އަރި އަތޮޅު ގެ ކާމިޔާބީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް. އަދި މާލެ ޕޯރޓް. ހަމަ މިގޮތަށް ޅ. ބ. ވ. ފ. ދ. އަތޮޅުވެސް. ވީމާ ދެންވެސް އަވަހަށް އައްޑޫ ގަން އެއަރޕޯރޓަށް އިންޓަރނޭޝަނަލް ފްލައިޓް ގެނަސް އައްޑޫ އިން ހުވަދޫ އަށް ސީ ޕލްޭން ދަތުރާއި ކަނޑު ދަތުރު ފައްޓަންވީ. މަޖްލިސް ގެ ޢިއްޒަތްތެރި މެމްބަރުންވެސް ދައުލަތުގެ ވަޒިރުންނަށް އިޙްތިރާމް ކުރަންވާނެ. ހިތުހުރިހާ އެއްޗެއް ގޮވުމަކީ ދަށު ދަރަޖައި ގެ އަމަލެއް. އަދި ކިތަންމެ ބާރަށް ހަޅޭލިޔަސް ވާނެ މާކަ ބޮޑު ކަމެއްވެސް ނޯންނާނެ. އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯރޓް ކުރިޔަށްދާނީ. އެއީ އެކަމަށް ކޮށްފައިވާ ޚަރަދާއި އަދި ދެކުނު ގެ ހަމަބަކަށް ގަން އެއަރޕޯރޓް ވާނެތީ. އެގޮތަށް އެކަން ހިގުމުން އެންމެ ބޮޑު ފައިދާ އެއްކުރާނެ އެއްބަޔަކީ ހުވަދޫގެ ރައްޔިތުން. މިކަން ހަގީގަތަކަށް ހަދަން ސަނީފު ވެސް އަތުގުޅާލާ މަސައްކަތް ކުރުމަކީ އެންމެ ފައިދާ ބޮޑުވާނެ ގޮތް. ގަދަ ބަސް ބުނާ މީހުންނަށް ވާ ގޮތް ވަރަށް ގާތުން ސަނީފަށް ހުންނާނީ ފެނިފައި.