English Edition
Dhivehi Edition
ޓްރެއިނިން ކޯހުގެ އެންމެ މޮޅު ދަރިވަރަށް ކޮމިޝަނަރ އޮޕް ޕޮލިސް އެވޯޑު ޙަވާލު ކޮށްދެއްވަނީ/ފޮޓޯ ޕޮލިސް މީޑިއާ

ޕޮލިސް އެކަޑަމީން ހިންގި 32 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމު ޕޮލިސް ކޮންސްޓަބަލް ޙަސަން އިރުޝާދު ހޯދައިފިއެވެ.

މިކަން އިޢުލާން ކުރީ ރޭ ދ.ވާނީ ޕޮލިސް ޓްރެއިނިންގ ސްކޫލްގައި ބޭއްވި 32 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ ދަސްވެނިވި ހިނގާލުމުގެ ރަސްމިއްޔާތުގައެވެ. ކޯހުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ޙަސަން އިރުޝާދަށް ވަނީ ކޮމިޝަނަރ އޮފް ޕޮލިސް އެކްސަލެންސް އެވޯޑްވެސް މިރަސްމިއްޔާތުގައި ހަވާލުކޮށްފައެވެ. އިރުޝާދަށް މި އެވޯޑް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.

މިކޯހުގެ އިންޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް އިބްރާހިމް އުސްމާން އަދި އައުޓްޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް ޙަސަން އިރުޝާދުއެވެ. ސްކޮޑްތަކުގެ ވަނަތަކަށް ބަލާއިރު، ރަންވިއްކާ ސްކޮޑުން އެއްވަނަ ދަރިވަރަކަށް ޕޮލިސް ކޮންސްޓަބަލް ރީޝާން މުޙައްމަދު ހޮވުނުއިރު، ހާޖީ ސްކޮޑުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް ޙުސައިން ޖައިޝަމްއެވެ.

އާނެއްލާ ސްކޮޑުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް ޙަސަން އިރުޝާދުއެވެ. ކޯހުން އެންމެ މޮޅު ސްކޮޑަކަށް ހޮވުނީ ރަންވިއްކާ ސްކޮޑެވެ. އެންމެ މޮޅު ސްކޮޑަށްޝީލްޑް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.

32 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ގައި 84 ބައިވެރިން ވަނީ ދަސްވެނިވެފައެވެ. ރޭގެ ރަސްމިއްޔާތު ނިންމާލާފައިވަނީ ކޯހުން ފާސްވި ދަރިވަރުންގެ ރޫޓް މާޗަކުންނެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް ފައްޔާޒް އިސްމާޢީލް އެވެ. މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނާއި 32 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ ކޯސް އޮފިސަރާއި ކޯހުގެ މުދައްރިބުންނާއި ބައިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.