English Edition
Dhivehi Edition

ގެމަނަފުށީ ސުކޫލް ގެ އިންޓަހައުސް ޤުރުޢާން މުބާރާތަށް އެހީތެރިކަން ދިނުމަށް ކައުންސިލުން ނިއްމައިފިއެވެ.

އޭއޯ ނިއުސް އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައިގެމަނަފުށީ ކައުންސިލުން މި ނިންމުން ނިންމާފައިވަނީ ކައުންސިލް ޤުރުޢާން މުބާރާތް 1441 ބޭއްވިފައިނުވުމާއި، ކައުންސިލްގެ މި ހިނގާދައުރު ނިމެން ކައިރިވުމާއި ގުޅިގެންނެވެ. މިކަމާ ގުޅިގެން ގެމަނަފުށި ސުކޫލްގެ ޕުރިންސިޕަލް މުޙައްމަދު ސައްދާމު އާއި ކައުންސިލުން ބައްދަލުކުރުމުން ޤުރުޢާން މުބާރާތަށް އެހީވުމަށް ކައުންސިލުން ނިންމުމަކީ ލިބުނު ވަރަށްބޮޑު އުފަލެއްކަމުގައި އާއި އަދި މިކަމުގެ ސަބަބުން މި މުބާރާތް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

މި މުބާރާތުގެ ވަނަ ހޮވޭ ދަރިވަރުންނަށް އިނާމާއި ޓްރޮފީގެ އިތުރުން ފަޑިޔާރުން ގެނައުމަށްވެސް ކައުންސިލުން ޚަރަދުކުރާނެކަމަށް މަޢުލޫމާތު ލިބެއެވެ.

2021 ވަނަ އަހަރަށް 9،811،972.95 ރުފިޔާގެ ބަޖަޓެއް ގެމަނަފުށި ކައުންސިލުން ފާސްކޮށްފައިވަކާން ފާހަގަ ކޮށްލެވެއެވެ. އަދި ގެމަނަފުށީ ރައްޔިތުންނާއި ކައުންސިލް ގުޅިގެން ކުރެވުނު މަސައްކަތުން ގެމަނަފުށީ ރައްޔިތުންނަށް ލޯކަލް ޓުއަރިޒަމުން ނަފާ ހޯދަދިނުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ތަޖުރިބާގެ ދަތުރުތައް ކޮށް އަމިއްލަރަށަށް ހޯދައިދީފައިވާ ކުރިއެރުން ފާހަގަ ކޮށްލެވެއެވެ. އަދި 2021 ވަނަ އަހަރު ނިމުމުގެ ކުރިން ގެމަނަފުށީގެ ލޭންޑު ސްކޭޕް ޕްލޭނެއް ހެދި ފަތުރުވެރިކަމަށް ބިންތަށް ދޫކުރެވޭނެ ކަމުގެ އުފާވެރި ޚަބަރުވެސް ކައުންސިލްގެ ރައީސްވަނީ ދެއްވާފައެވެ.