English Edition
Dhivehi Edition

ގއ ގެމަނަފުށީ ބޭރު ޖެޓީ ސަރަހައްދުގައި ޖޯލިފަތި ބެހެއްޓުމުގެ މަސައްކަތް ފައިސަލް އިންވެސްޓްމެންޓާއި ހަވާކު ކޮށްފައިވާ ކަމަށް ކައުންސިލްގެ ރައީސް އަބުދުﷲ ޝިޔާން ވިދާޅުވެއްޖެއެވެ.

ގއ ގެމަނަފުށީ އޮންލައިން ނިއުސް ގައި ކައުންސިލް ގެ ރައީސް އަބުދުﷲ ޝިޔާން ކޮށްފައިވާ ޕޯސްޓެއްގައި ހާމާކޮށްފައި ވަނީ، ގެމަނަފުށީ ބޭރު ޖެޓީ އިތުރަށް ފުރިހަމަކުރުމުގެ ގޮތުން ޖޯލި ބެހެއްޓުމުގެ މަސައްކަތް 10 ދުވަސްތެރޭ ނިންމާގޮތަށް ހަވާލު ކޮށްފައިވަނީ ފައިސަލް އިންވެސްޓްމެންޓާއި ކަމަށެވެ. މި މަސައްކަތަކީ ގެމަނަފުށީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީން އިސްނަގައިގެން ކުރިއަށް ގެންދާ ޕުރޮޖެކްޓެއްކަމަށާއި، އަދި ޖޯލިތަށް ޑިޒައިން ކޮށްފައިވަނީ ތަނާ ގުޅޭނެގޮތަކަށް ބަލާލަން ރީތި ގިނަ ދުވަހަށް ދެމިހުންނާނެ ގޮތަކަށް ކަމަށްވެސް ބުނެފައިވެއެވެ.

އާބާދީގައި ގާތްގަޑަކަށް ދެހާހެންހާ މީހުންދިރިއުޅޭ ގެމަނަފުއްޓަކީ، މުޅި ގއ އަތޮޅުން ފާހަގަ ކޮށްލެވޭ ނަމޫނާ ރައްޔިތެއް ދިރިއުޅޭ ރަށެކެވެ، ރަށުގެ ކޮންމެ ސަރަހައްދަކަށް ނަޒަރު ހިންގާލިއަސް ފެނިގެން ދަނީ ތަރައްޤީ ގެ ހިތްގައިމު މަންޒަރުތަށް، މި ގޮތުން ރަށުގެ ޒުވާނުން އިސްނަގައިގެން ނާއި ކުލަބު ޖަމިއްޔާ ތަކުންކޮށްފައިވާ މަސައްކަތް ތަކަކީ ވަރަށްވެސް ފުރިހަމަ ހިތްގައިމު މަސައްކަތް ތަކެއް، ޚާއްސަކޮށް ގެމަނަ ފުށީގެ ޒީރޯ ބީޗުގެ މޫދުގައި ދެމީހުންނަށް އިށީދެވޭގޮތަށް ހަދާފައިވާ އުނދޯލި ފާހަގަ ކޮށްލެވެއެވެ. ރަށުގެ ނަމާއި އެކު ” އައި ލަވް ގެމަނަފުށި ” ލިޔެ އުނދޯލީގެ މަތީގައި ހަރުކޮށްފައިވާ މިތަނަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާތަނެއްގެ ގޮތުގައި ފާހަގަ ވެގެން ގޮސްފައިވާތަނެކެވެ.