English Edition
Dhivehi Edition
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް - ފޮޓޯ: ރަކޯލްބް ލީގަލް

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައި ބ. ފެހެންދޫ ކައުންސިލްގެ ނައިބު ރައީސް ހައްޔަރުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން، ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ފަޒީލް ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އޭނާ ޖިންސީ ގޯނާކޮށްފައިވަނީ އުމުރުން ނުވަ އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށެވެ.

މި ގޮތުން އެކި ދުވަސް މަތިން، ފެހެންދޫ ބަކަރިކޮށި ކައިރިން ވަލަށް ގެންގޮސްގެން އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާއިރު އެ ސަރަހައްދަކީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރު ތަނެކެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއްގައި 34 އަހަރުގެ މީހަކު އިއްޔެ މެންދުރު 2:30 އެހާއިރު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި ބުނީ އިތުރަށް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.