English Edition
Dhivehi Edition

މިއަދަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރަށް ވުމާއެކު ތަފާތު އެކިވައްތަރުގެ ކާނާއާއި ބުއިންތަކަށް ވެސް ފޯރި ހުންނަ މަހެކެވެ. ރޯދަ ވީއްލާވަގުތު ބޯލަން އެންމެ ކަމުދަނީ ކޮން ވައްތަރެއްގެ ބުއިމެއްތޯ ގިނަ ބަޔަކު ހޯދާ ބަލައެވެ. ކާއެއްޗެއްސަށް ވުރެ ތަފާތު އެކިކަހަލަ ބުއިންތަކަށް މީހުންދޭ ސަމާލުކަން ބޮޑުވެއެވެ. އޭއޯނިއުސްގެ މި ސަފްހާގައި މި ގެނެސްދެނީ ރޯދަވީއްލުމަށް އެންމެ ފައިދާހުރި ބުއިންތަކުގެ ތެރެއިން 30 ވައްތަރެއްގެ ބުއިމެއް ތައްޔާރުކުރާނެ ގޮތެވެ. މިގޮތުން އެކިވައްތަރުގެ މިލްކްޝޭކާއި ލެމަނޭޑް އަދި ޖޫހާއި ލައްސީ، ސްމޫތީ ފަދަ މީރު ބުއިންތައް ގެނެސްދެވޭތޯ ބަލާނަމެވެ. ރަމަޟާން މަހުގެ ރޭގަނޑުގެ ވަގުތުތަކުގައި ވީހާވެސް ގިނައިން ދިޔައެއްޗެތި ބޭނުންކުރުމަކީ މުހިއްމުކަމެކެވެ. ކިވީ ކޫލާރ 2 ތަށި ޖޫސް ތައްޔާރުކުރުމަށް ބޭނުންވާ މިންވަރު: ދޮންވެފައިވާ 2 ކިވީ 2 މޭޒުމަތީ ސަމުސާ ލެމަން ޖޫސް 2 މޭޒުމަތީ ސަމުސާ ޝުގަރ ސިރަޕް 330 މލ ސޮޑަރ ވޯޓަރ އައިސް ކިއުބް 1 ބައި ޖޯޑު ކިވީ ސްލައިސް: ގާނިޝްކުރަން   ތައްޔާރުކުރާނެ ގޮތް: ކިވީގެ ބޭރު ތޮށި މަށާލާށެވެ. އަދި ސަމްސަލަކުން ކިވީ ކޮޅު ކަހާލާށެވެ. ދިގު ބިއްލޫރި ތައްޓެއްގެ ތެރެއަށް ކްރަޝް ކޮށްފައި ހުރި އައިސް އާއި ކިވީ ކޮޅު އަޅާލާށެވެ. ކޮންމެ ތަށްޓަކަށް އަޅާނީ 3 ސަމްސާ ގެ ކިވީއެވެ. މިއާއެކު ލެމަން ޖޫސް ފޮދާއި ޝުގަރ ސިރަޕް އެޅުމަށް ފަހު ރަނގަޅަށް ގިރާލާށެވެ. ސޮޑާ ވޯޓަރ ގެ ދެބައިކުޅައެއްބައި ކޮންމެ ތަށްޓަކަށް އަޅާށެވެ. އަދި މައްޗަށް އައިސްކިއުބް އެޅުމަށްފަހު ކިވީ ފޮއްޗެއް ބިއްލޫރި ތަށީގައި ހަރުކޮށްފައި ރީތިކޮށް ގާނިޝްކޮށްލާށެވެ.