English Edition
Dhivehi Edition

ކޮންރެޑް އިން ފުރައިގެން 12 މީހުންނާއެކު ހުޅުލެއަށް ދަތުރުކުރި ޓީއެމްއޭގެ ސީޕްލޭނެއް އެއާޕޯޓް ސަރަހައްދުން ފަޅުތެރެއަށް ވެއްްޓިއްޖެއެވެ. ޓީއެމްއޭއިން ބުނީ ސީޕްލޭނެއް ވެއްޓިގެން އުޅޭ ކަމަށާއި އޭގެއިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށެވެ. “އަދި އިތުރު މައުލޫމާތު ސާފެއް ނުވޭ. ހަމަ ދެންމެ އެ ހާދިސާ ހިނގީ. އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ” ޓީއެމްއޭއިން މައުލޫމާތު ދެެއްވިއެވެ. ހުޅުލޭ ސީޕްލޭން ބޭސް ގައި ހިނގި މި ހާދިސާގެ ސަބަބުން އެއާޕޯޓް ވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ. އެ ސަރަހައްދުގައި ހުރި މީހަކު ބުނީ ބާރު އަޑުފައްގަނޑަކާއެކު ބޯޓު ވެއްޓުނުތަން ފެނުނުކަމަށާއި އަދި ވެސް ބޯޓު އޮތީ މޫދުގައި ކަމަށެވެ.