ރޯޒީގެ ރޯދަ ހަދިޔާ: 1- އަބަދުވެސް އިސްތަށިގަނޑު މަހަކު އެއްފަހަރު ނުވަތަ ދެމަހުން އެއްފަހަރަށް ޓުރިމް ކުރާށެވެ. މިގޮތަށް ޓުރިމް ކުރާނީ ތިމާގެ އިސްތަށިގަނޑު ބޮޑުވަމުން ނުވަތަ ދިގުވަމުންދާ ދިޔުމަށް ބަލާފައެވެ. ހަމަ އެކަނި އިސްކަންދޭންޖެހޭނީ ދެކަފިވެފައިވާ އިސްތަށި ކޮޅު ޓުރިމް ކޮށްލެވޭތޯއެވެ. އިސްތަށިގަނޑުގެ ވޮލިއުމް ކުޑަ ކުރުމަކާ ނުލައެވެ. މިކަމަށް އެންމެ ރަނގަޅުވާނީ ކަމުގެ ތަޖުރިބާ ހުރި ސެލޫން އެކެވެ.
- ސާފު ކާށިތެލުން ބޮލާއި އިސްތަށިގަނޑު ރޭނގަނޑު ނިދުމުގެ ކުރިން މަސާޖު ކުރާށެވެ. އަދި ޝޭންޕޫ ބޭނުން ނުކޮށް ހަމައެކަނި ކޮންޑިޝަނަރ އިން ހެނދުނު ބޯދޮންނާށެވެ.
- ފުނާ އެޅުމުގައި އިސްތަށިގަނޑަށް ހާނިކަ ނުވާގޮތަށް ވީހާ ލޯބިން ފުނާއަޅާށެވެ. އަދި ޚާއްސަ ބުރުސް ބޭނުން ކުރާށެވެ.

އިސްތަށިގަނޑަކީ އޭގެ ޒާތުގައި ގަހެކޭ އެއްގޮތް އެއްޗެކެވެ. ފެންދީގެން އަޅުގަނޑުމެން ގަހަށް ލޯބިކުރާފަދައިން އިސްތަށިގަނޑަށްވެސް ލޯބި ކުރަން ޖެހޭނެއެވެ. އސްތަށިގަނޑަށް ބުނަން ނޭގުނަސް އެއަށް ތަދުވާނެއެވެ. އިސްތަށިގަނޑުގެ ދިހުން ފަނޑުވެ ރޯކަން ގެއްލިފައި ހުންނަނީ އިސްތަށިގަނޑަށް ތަދުވީމައެވެ.
- އިސްތަށިގަނޑަށް ރަނގަޅު ތެލާއި ކުރީމް ލާފަދައިން އޭގެ ބޭރުންވެސް ފެހި ކަން ގަދަ ފަތް ކެވިދާނެއެވެ. އަދި މިޒަމާނުގެ ގިނަ ކުދިންނަކީ ބުރުގާ އަޅާކުދިންނެވެ. ބޮލުގައި އަޅަން އެންމެ ރަނގަޅީ ބަބުލްސް ބުރުގާ ކަހަލަ ފޮތީގެ ބުރުގާއެވެ. އަދި ކޮންމެ ހަތަރު ގަޑިއަކުން އިސްތަށިގަނޑަށް ތާޒާވައި ލިއްބަދޭށޭވެ. ނޫނީ ފިނިކޮށްލާށެވެ.
- އިސްތަށިގަނޑު ދިގު ކުރަން ބޭނުމީއްޔާ އެއްގޮތަކަށްވެސް ބޮަލަށް މިގޮތަށް ހޫނު ފެންނާޅާށެވެ. އަދި ފެންވަރާއިރުވެސް ހޫނުފެނުން ބޯދޮވުން އެއްގޮަތަކަށްވެސް ރަނގަޅެއް ނޫނެވެ. ހޫނުފެނުން އިސްތަށިގަނޑު އަވަހަށް ހަލާކުވާނެއެވެ.

އަދި އިސްތިރި ކުރުމުން އިސްތަށިގަނޑު ހަލާކުވެ ދިގުވުން ލަސްވާނެއެވެ.
- އާދަވެ ޝޭންޕޫ ބޭނުންނުކުރާށެވެ. ޝޭންޕޫ ބޭނުން ކުރުން ރަގަޅީ ހަފްތާއަކު އެއްދުވަހުއެވެ. މުޅިން ކޮންޑިޝަނަރ ބޭނުން ކުރަން އާދަ ކުރާށެވެ.
ނުނިމޭ