English Edition
Dhivehi Edition

އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްސަލް ފިރިހެން ޓީމް ތުރުކުމަނިސްތާނަށް ފުރައިފިއެވެ.

ގްރޫޕު ބީގައި ރާއްޖެއާއި ޔޫއޭއީ މިމަހުގެ 16 ވަނަ ދުވަހު ބައްދަލުކުރާއި ރާއްޖެ އެފްއޭއެމްގެ ފަރާތުން އެ ޓީމަށް މަރުހަބާ ކިޔުމަށް ބައިވެރިވެ ވަޑައިގަތީ އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ)އެވެ.

މުބާރާތުގައި ރާއްޖެ ހިމެނެނީ އަފްޣާނިސްތާނާއި ޗައިނާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި އުޒްބަކިސްތާނާއެކު ގްރޫޕް ބީ ގައެވެ.

އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއީ 2008 ވަނަ އަހަރަށް ފަހު ބޮޑު މުބާރާތެއްގައި ގައުމީ ފުޓްސަލް ޓީމު ވާދަކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖެއިން ވަނީ އޭއެފްސީ ފުޓްސަލް ޗެމްޕިއަންޝިޕާއި ފީފާ ފުޓްސަލް ވޯލްޑް ކަޕްގެ ކޮލިފައިންގައި ވާދަކޮށްފައެވެ.