English Edition
Dhivehi Edition

ހާސްކަމެއްނެތި ޒުވާނުންނަށް މިއުޒިކާއެކު މަޖާކޮށްލެވޭނެ މަރުކަޒެއް ޤާއިމުކުރުމަށް ގޮވާލާ ހުށަހަޅާފައިވާ ގަރާރު ރައްޔިތުންގެ މަޖުލީހުގެ މިއަދުގެ ޖަލްސާގައި ބަލައިގެންފިއެވެ. އެގަރާރު ދިރާސާކުރި އިޖްތިމާއީ ކޮމިޓީއިން 34 މެންބަރުންގެ ވޯޓާއެކީ ގަރާރު ފާސްވިއިރު، މިލަންދޫ ދާއިރާގެ އެމްޑީޕީ މެންބަރ އަލީ ރިޒާ ވަކިކޮޅަކަށް ވޯޓެއް ނުދެއްވައެވެ. މިގަރާރުގެ އިބްތިދާއީ ބަހުސް މިއަދުގެ ޖަލްސާގައި ވަނީ ނިންމާލާފައެވެ. އަދި މަޖިލީހުގެ ގިނަ މެންބަރުންގެ ތާއީދު މިގަރާރަށް ވަނީ ލިބިފައެވެ.

އެ ގާރަރަކީ، މަޖިލީހުގެ މިދިޔަ ދައުރުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޗެއާޕާސަން ހަސަން ލަތީފް ހުށަހެޅުއްވި ގަރާރެކެވެ.

ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރު ހަސަން ލަތީފް ވިދާޅުވާ ގޮތުގައި ޒުވާނުންނާއި ރައްޓެހިންނާއި އެކުވެރިންނާއެކު ހީނ، ސަމާސާކޮށް، މަޖާކޮށްލެވޭ ފަދަ މާހައުލެއް މިޔުޒިކް އަޑުއަހާލައި، ވަގުތު ހޭދަކޮށްލެވޭނެ މަރުކަޒަކަށް މިވަނީ އިންތިހަށް ބޭނުންވެފައި ކަމަށާއި، ތަފާތު ވައްތަރުގެ މިޔުޒިކާއި ލަވަ އަޑުއަހާލަން ޒުވާނުން އެއްވެ އުޅެވޭނެ ތަނެއްގެ މުހިންމުކަން މިވަނީ އިތުރުވެފައި ކަމަށެވެ.

އެހެންކަމުން މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކާއި، ދިވެހިންނަށް ވަޒީފާގެ ފުރުސަތު ނެތްކަން އަދި މާލޭގެ މަގުތަކުގެ ކާރުކާރު ބޮޑުކަމުގެ މައްސަލައަށް ސަރުކާރުން ހައްލު ހޯދަމުންދާއިރު ޒުވާނުންގެ މިޔުޒިކްގެ ފަންނު އިތުރަށް ތަރައްގީކުރުމާއި އެފަދަ ވަސީލަތްތައް އިތުރަށް ތަރައްގީ ކުރުމުގެ މުހިންމުކަން ފާހަގަކޮށް އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައީ ކަމަށް މިގަރާރުގައި ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.