English Edition
Dhivehi Edition
އަޙްމަދު މާން އައްސަދު

ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އައްޑޫ ސިޓީ ބޭފުޅަކު މިއަދު ހަމަ ޖައްސަވައިފިއެވެ.

މަޖިލިހުގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް ހަމަޖައްސަވާފައިވަނީ ސ.ފޭދޫ އަނބުގަސްދޮށުގެ އަޙްމަދު މާން އަސްއަދެވެ. މިއަދު މަޖިލިސްކުރާ ގޭގައި މަޖިލިހުގެ އަމީން އާމް ވަނީ އަޙްމަދު މާން އާއި މަޤާމްގެ ލިއުން ޙަވާލް ކުރައްވާފައެެވެ.

މިމަޤާމަށް މާން ހަމަޖައްސަވާފައިވަނީ،މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ)ގެ ދަށުން ނެވެ. މިމަޤާމަށް އައްޔަނު ކުރެއްވުމުގެ ކުރިން މާންހުންނެވީ ސީނިއަރ މީޑިއަރ އޮފިސަރގެ މަޤާމްގައެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 36 ވަނަ މާއްދާގައި ރައްޔިތުންނަށް މައުލޫމާތު ދޫކުރުމުގެ މަސްއޫލިއްޔަތު އުފުލާނެ އިންފޮމޭޝަން އޮފިސަރެއް ނުވަތަ އިންފޮމޭޝަން އޮފިސަރުން ދައުލަތުގެ ކޮންމެ އިދާރާއެއްގައި އެ އިދާރާގެ އެންމެ އިސްވެރިޔާ ކަނޑައަޅަންޖެހޭ ކަމަށް ބުނެފައިވެ އެވެ.

އަދި އެ އިންފޮމޭޝަން އޮފިސަރު ނުވަތަ އެ އިންފޮމޭޝަން އޮފިސަރުންގެ ނަމާއި މަގާމާއި އޭނާއާ ނުވަތަ އެ ބަޔަކާއި ގުޅޭނެ ގޮތް ރައްޔިތުންނަށް ވީހާވެސް ފުޅާދާއިރާއެއްގައި އާންމުކޮށް ލިބޭނެމަގު ފަހިކޮށްދިނުމަށް ވެސް މިމާއްދާގައި ލާޒިމްކޮށްފައިވެ އެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިހުންދަނީ ކޮއްމެ ހަފްތާއަކު ދެފަހަރު މަޖިލިސްގެި މަސައްކަތް ހިނގާ ގޮތް ރައްޔިތުންނާއި ޙިއްޞާ ކުރަމުންނެވެ.