English Edition
Dhivehi Edition

ދުބާއީން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 40 އަހަރުގެ ދިވެހި ފިރިހެނަކު ދުބާއީގެ ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދިވެހި ފުލުހުންނާ ދުބާއީ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ވައިގެ މަގުން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު މީހެއް ކަމަށެވެ. އޭނާއަތުން ފެނުނީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއް ކަމެއް އަދި އެ މީހާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް މި އަހަރުގެ މިހާތަނަށް ގިނަ ބަޔަކު ހައްޔަރުކޮށްފައިވާއިރު ފުލުހުން ބުނެފައިވަނީ ބައިނަލްއަގްވާމީ ފެންވަރުގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތައް ހިންގުމުގައި ދިވެހި ފުލުހުން އަނަންނީ އައްވަޓެރި ގައުމުތަކާއި އެކު ވެސް ހަރަކާތްތެރި ވަމުން ކަމަށެވެ.