English Edition
Dhivehi Edition

ރާއްޖޭގެ ޤައުމީ ފެރީ ވިއުގަ ގުޅުވާލުމަށް ކުރިއަށްގެންދާ މަޝްރޫޢޫގެ ދަށުން ހައި ސްޕީޑް ފެރީގެ ޚިދުމަތް ފެށުމަށްޓަކައި. ފުރަތަމަ ފިޔަވަހީގެ ސަރވިސް އެގްރީމަންޓްގައި ސޮއިކޮށްފިއެވެ.

މިމަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ފިޔަވަހީގައި ހއ.އަތޮޅާއި ހދ. އާއި ށ. އަތޮޅުގައި އެކަށީގެންވާ ހެޔޮ އަގެއްގައި ޒަމާނީ ފެންވަރުގެ ހައި ސްޕީޑް ފެރީގެ ޚިދުމަތް އަންނަ ނޮވެމްބަރުގައި ފަށާނެ ކަމަށާއި ފުރަތަމަ ފިޔަވަހީގެ 157 މިލިޔަން ރުފިޔާގެ އިންވެސްޓްމަންޓްގެ ތެރެއިން 52 މިލިޔަން ރުފިޔާއަކީ މިމަސައްކަތް ފެށުމުގެ ގޮތުން ސަރުކާރުން އިންވެސްޓްކުރުމަށް އެއްބަސްވެފައިވާ އަދަދުކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ.
ހައިސްޕީޑް ފެރީ، ހަފްތާގެ 7 ދުވަހު ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު މިޚިދުމަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެކަމަށާ، މިޚިދުމަތަކީ އެންމެ މަތީ ނިޒާމްގައި ދެވޭ ޚިދުމަތެއްގެ ގޮތުގައި ހަދާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ސޮއިކުރެއްވީ ނޭޝަނަލް ޕްލޭނިންގ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނަރަލް މުޙައްމަދު އިމާދުއެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އޮޕަރޭޝަންސް އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ.