English Edition
Dhivehi Edition
އަކުއަބައިކް ވާރލްޑް ޗެމްޕިއަންޝިޕް 2022" އައްޑޫ ސިޓީގައި ބޭއްވުމާ ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ކައުންސިލް
“އަކުއަބައިކް ވާރލްޑް ޗެމްޕިއަންޝިޕް 2022” އައްޑޫ ސިޓީގައި ބޭއްވުމާ ގުޅޭގޮތުން އައްޑޫސިޓީ ކައުންސިލާއި އިވެންޓް އިންތިޒާމް ކުރާ ފަރާތްތަކާއެކު މަޝްވަރާކޮށްފިއެވެ.
އައިއެމް އަކުއާބައިކް ވޯރލްޑް ޗެމްޕިއަންޝިޕް 2022 ގެ އިވެންޓް އޯގަނައިޒާސް އާއި އައްޑޫގެ ގެސްޓްހައުސް ހިންގާ ފަރާތްތަކާއެކު ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމުގައި “އަކުއާބައިކް ވޯރލްޑް ޗެމްޕިއަންޝިޕް 2022 ” ބާއްވަން އައްޑޫ ސިޓީއަކީ މަގުބޫލު މަންޒިލެއްގެ ގޮތުގައި، މި އިވެންޓް އިންތިޒާމް ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.
“ޕަވަރބޯޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް” އާއި މިނިސްޓްރީ އޮފް ޓޫރިޒަމް، އެމްއެމްޕީއާރްސީ އަދި ޔޫ އައިއެމް ގުޅިގެން ކުރިއަށް ގެންދާ މި މުބާރާތް އައްޑޫ ސިޓީ ގައި ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ އަސާސީ ބޭނުންތަކާއި އަދި ވަސީލަތްތައް ލިބެން ހުރުމާއެކު، މި އިވެންޓް އައްޑޫގައި ވަރަށް ފުރިހަމަކަމާއެކު ކުރިއަށް ގެންދެވޭނެކަމަށް، މުބާރާތް އިންތިޒާމް ކުރާފަރާތުން ވަނީ ބުނެފައެވެ. މީގެ އިތުރުން މި އިވެންޓްގެ ސަބަބުން އައްޑޫގެ ޓޫރިޒަމަށް އަދި އިޤްތިސާދަށް ރަނގަޅު ފައިދާއެއް ކުރާނެކަމަށް ވެސް އެފަރާތުން ދެކެއެވެ.
މި މުބާރާތާއި ބެހޭ ގޮތުން އެޗް2އޯ ރޭސިންގ ލިމިޓެޑްގެ ފަރާތުންވެސް ވަނީ އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންނާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.
މިހަރަކާތް އައްޑޫގައި ބޭއްވުމާބެހޭގޮތުން މި އިވެންޓް އޯގަނައިޒްކުރާ ފަރާތުން އައްޑުއަށް ކުރާ ޒިޔާރަތަކީ، މިނިސްޓަރ އޮފް ޓޫރިޒަމްގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގެ ޓޫރިޒަމްގެ ރަންޔޫބީލް ފާހަގަކުރާ މުނާސަބަތާ ދިމާކޮށް އައްޑޫ އިޝްތިހާރު ކުރުމުގެ ބޭނުމުގައި ކުރާ ޒިޔާރަތެކެވެ.
ޔޫ އައިއެމް އަކުއާބައިކް ވޯރލްޑް ޗެމްޕިއަންޝިޕް އެންމެ ފަހުން ބާއްވާފައިވަނީ ކުވެއިތުގައެވެ.