English Edition
Dhivehi Edition
ސަރަހައްދީ އެންޖީއޯ އެއްކަމަށްވާ ސްކީމް އިން ފުވައްމުލަކު ކައުންސިލާއި އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓާއި ފުވައްމުލަކުގެ އެވެއަރ ސޮސައިޓީ އާއި ގުޅިގެން ޕްރޮޖެކްޓް ސައިކަލް މެނޭޖްމަންޓް ވޯކްޝޮޕެއް ފުވައްމުލަކުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

ފުވައްމުލަކާއި އައްޑޫގެ ޖަމިއްޔާ ޖަމާއަތް ތަކަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދާ މި ވޯކްޝޮޕް ކުރިއަށް ގެންދާނީ މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

މަދަނީ ޖަމިއްޔާތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން މަދަނީ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ވޯކްޝޮޕްގައި ޖަމިއްޔާތަކުން މީގެ ކުރިން ހިންގާފައިވާ ބައެއް ޕްރޮޖެކްޓްތަކުގެ ތަޖުރިބާ ހިއްސާ ކޮށް ޕްރޮޖެކްޓްތައް ރާވައި ހިންގުމުގައި ދިމާވި ގޮންޖެހުން ތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން

ޔޫތު މިނިސްޓްރީން ފެސިލިޓޭޓް ކުރާ މި ވޯކްޝޮޕްގައި އައްޑޫގެ 6 ޖަމިއްޔާ އަކާއި ފުވައްމުލަކުގެ 12 ޖަމިއްޔާ އަކުން ބައިވެރިވާ ކަމަށް އެވެއަރ ސޮސައިޓީން ބުނެއެވެ.