English Edition
Dhivehi Edition
ފޮޓޯ:ސަން އޮންލައިން

ސުޕްރީމް ކޯޓަށް ހުށަހަޅަން އުޅުނު ޕެޓިޝަނާއި ގުޅިގެން 54 ވަކީލަކު ސަސްޕެންޑް ކުރުމުން އިނގިރޭސިވިލާތާއި ކެނެޑާއިން ފާޑު ކިޔައިފި އެވެ.

ޝަރުއީ ދާއިރާގައި ހުރި އިސްލާހުކުރަން ޖެހޭ ކަންތައްތައް ފާހަގަކޮށް ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތްކުރި ޕެޓިޝަނުގައި ސޮއިކުރި 56 ގާނޫނީ ވަކީލުން ސަސްޕެންޑް ކުރުމުން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ގާނޫނު އަސާސީ ނެގެހެއްޓުމަށް ގޮވާލުމުން ވަކީލުން ސަސްޕެންޑް ކުރުމަކީ ހިތާމަހުރި ކަމެއް ކަމަށާއި މުޖުތަމައުގައި ކަންކަމާ މެދު ބަހުސް ކުރެވެންވާނެ ކަމަށެވެ. މީގެ އިތުރުން ސްރީލަންކާގައި ހުންނަ ކެނެޑާގެ އެމްބަސީއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޝަރުއީ ދާއިރާގެ މިނިވަންކަން ކޮންމެ ޑިމޮކްރަސީއެއްގައި ވެސް މުހިންމު ކަމަށެވެ. އަދި ވަކީލުން ސަސްޕެންޑް ކުރުމުން ރާއްޖޭގެ ޖުޑިޝަރީގެ މުސްތަގިއްލުކަމާ މެދު އުފެދިފައިވާ ކަންބޮޑުވުންތައް އިތުރުވެފައިވާ ކަމަށެވެ.

ވަކީލުންގެ ފަރާތުން ޕެޓިޝަނެއް ހެދުމުގެ އިތުރުން އޭތްރީ ސައިޒަށް ޕްރިންޓް ކޮށްފައިވާ ގާނޫނު އަސާސީގެ ބޮޑު ކޮޕީއެއް ބަންޑާރަ ނައިބު މުހައްމަދު އަނިލް އަށް ވަކީލުންގެ ފަރާތުން ވަނީ ވެދުމަށް އަރުވާފަ އެވެ.