English Edition
Dhivehi Edition

ގއ.ކޮލަމާފުށީގެ ބަނދަރުގެ މަސައްކަތް ނުފެށި ގިނަދުވަސްތަކެއްވަންދެން އޮތުމަށް ފަހު މި ބަނދަރުގެ އަމަލީ މަސައްކަތަށް ބޭނުންވާ ސާމާނު މިއަދު އެރަށަށް ގެންގޮސްފިއެވެ.

“އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ކޮލަމާފުށީ ކައުންސިލްގެ ނާއިބް ރައިސް އިބްރާހިމް ވަހީދު ވިދާޅުވީ މިއީ ދިގުއިންތިޒާރެއްގެ ނިމުން ކަމަށެވެ. އަދި އެންމެ ފުރަތަމަ ބަނދަރުގެ މަސައްކަތް ފެށުމަށް ތައްޔާރުވީ ޔާމިންގެ ވެރިކަމުގައި ކަމަށާއި އެހެންނަމަވެސް މަސައްކަތް ލަސްވެ ނުފެށި ދިގުލައިގެން ދިޔަ ދިޔުމަށް ނިމުމެއް މިގެންނަނީ މި ސަރުކާރުން ކަމަށް އިބްރާހީމް ވިދާޅުވިއެވެ.

އިބްރާހިމު އިތުރަށް ވިދާޅުވީ އެރަށަކީ ބަނދަރުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ރަށެއްކަމަށާއި މަސްވެރި ރަށަކަށްވެފައި ބޮޑެތި މަސްދޯނި ތަކާއި މުދާ އުފުލާ ބޯޓުތަކަށް ވަދެ ނުކުތުމުގެ ދަތިތައް ވަނީ ކުރިމަތިލާން ޖެހިފައި ކަމަށެވެ. އަދި މިހާރު ތަރައްޤީ ކުރެވޭ ބަނދަރުގެ ސަބަބުން ގިނަ ފަސޭހަ ތަކެއް ލިބިގެންދާނެކަމާއި އެގޮތުން އެރަށުގެ ޕުލެޓް ސަރަހައްދަށް އުދައެރުމުގެ މައްސަލައަށްވެސް ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހެވީފޯސް ޕުރައިވެޓް ލިމިޓެޑްއާއި 730 ދުވަސްތެރޭ މަސަައްކަތް ނިންމަން ކޮންޓުރެކްޓު ކުރެވުނީ 6 ސެޕްޓެމްބަރު 2020 ގައެވެ. މި މަޝްރޫގެ ދަށުން ކޮލަމާފުށީ ބަނދަރުގައި ކުރަން ހަަމަޖެހިފައިވާ މަސައްކަތްތަކަކީ

  1. 548 މީޓަރުގެ ބޮޑުހިލަ ބޭރު ތޮއްޓަށްޖެހުން
  2. 550 މީޓަރުގެ އެއްގަމު ތޮއްޓެއްލުން
  3. 4 ނެރުބައްތި
  4. 28 ބަނދަރު ބައްތި
  5. 2750 ސްކެއާރ މީޓަރ ޕޭވްމެންޓް
  6. 12 މޫރިންގ ބޮލޮކްސް
  7. ބަނދަރު ފުންކުރުން 66،330 ކިއުބިކް މީޓަރ
  8. ނެރު ފުންކުރުން 5،550 ކިއުބިކް މީޓަރ
  9. 404 މީޓަރ ރިވެޓް މަންޓް ޖެހުން

މި މަޝްރޫއަށް ފަންޑު ކޮށްފައިވަނީ އޮފިޑް އާއި ސަރުކާރުގެ ބަޖެޓުންނެވެ. މި ބަނދަރުގެ މަސައްކަތް ނިމި ބޭނުން ކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައި ގިނަބަޔަކު ތިބިކަން ފާހަގަކޮށްލެވެއެވެ.