English Edition
Dhivehi Edition

ގއ. ކޮލަމާފުށީގައި އުމުރުން ދުވަސްވީ ފިރިހެނަކު ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރަމުންދާ ކަމުގެ މައްސަލައެއް ފެންމަތި ވެއްޖެއެވެ.

“އޭއޯނިއުސް” އަށް މައުލޫމާތު ލިބިފައި ވާގޮތުގައި އުމުރުން 56އަހަރުގެ މިމީހާ ޖިންސީގޯނާ ކުރަމުންދަނީ 5އަހަރުގެ އަންހެން ކުއްޖަކަށެވެ.

އެރަށުން ވާހަކަދެއްކި މީހަކު ބުނެފައިވަނީ، އެ މުސްކުޅިމީހާ އަކީ އެ ކުޑަކުއްޖާގެ އާއިލާއަށް ނިސްބަތްވާ މީހެއް ކަމަށާއި އެމީހާ މިކުއްޖާ އާ ބެހެމުން ދާތާ ދުވަސްކޮޅެއް ވެދާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި މިކަންތައް ފަޅާއަރާފައިވަނީ އެކުއްޖާގެ އާއިލާ މީހަކަށް އެ މަންޒަރުފެނުމުން ކަމަށްވެސް އެމީހާ މައުލޫމާތު ދެއެވެ. މީގެ އިތުރުން އެމީހާ ބުނީ މިމައްސަލަ މިހާރު ޖެންޑާގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

ކޮލަމާފުށީގައި ކުޑަކުއްޖަކާ ބެހުމުގެ މައްސަލަ އެއް ހިނގައިގެން އުޅޭ ކަން، އެރަށު ޕޮލިސްޓޭޝަނުން ވެސް ވަނީ “އޭއޯނިއުސް” އަށް ކަށަވަރުކޮށްދެއްވާފައެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ މިހާރު ތަހުގީގު ކުރަމުން ގެންދާތީ އިތުރު މައުލޫމާތު ދެވެން ނެތްކަމަށެވެ.

އިއްޔެގެ ވަގުތެއްގައި ދެކުނުގެ ރަށެއްގައި އުމުރުން 2 އަހަރުނުވާ ތުއްތު ކުއްޖަކު ރޭޕްކުރުމުގެ ތުހުމަތުގައި އެކުއްޖާގެ ބައްފަ، ކާފަ އަދި މުނިކާފަ ވަނީ ހައްޔަރުކޮށްފައެވެ. މައުލޫމަތު ލިބޭގޮތުގައި އެތުއްތު ކުއްޖާ އަށް ލިބުނު އަނިޔާ އަށް ފަރުވާ ދިނުމަށް މިހާރުވަނީ މާލެގެނެސްފައެވެ.

މިހާދިސާއާއެކު މުޅި ދިވެހިރާއްޖެ ސިއްސުވާލި އިރު އެކުއްޖާގެ ހައްޤުގައި ހުރިހާދިވެހިންދަނީ އަޑުއުފުލަމުންނެވެ. ސޯޝަލްމީޑިއާގައި އެކުއްޖާ ރޭޕްކުރި މީހުން ދަންޖައްސައި މަރާލުމަށް ވެސް އެތައް ބަޔަކު ދަނީ އަޑުއުފުލަމުންނެވެ.

 

 

 

 

 

 

1 ކޮމެންޓް
ސާޔާ
ޖެނުއަރީ 18, 2020
ނައިފަރުގަ ކުޑަކުއްޖަކާބެހިގެން އުޅެނީ ޅަވިޔަނި އަތޮޅު ކައުންސިލް ރައީސަކަށް އެމްޑީޕީ ޕްރައިމެރީގަ ނައިފަރުން ވާދަކުޜާ މީހާގެ ދަނބިދަރި. މައްސަލަ އޮއްބާލާފަ ފުލުހުންނާ ޖެންޑާއިން އެތިބެނީ އަޅާވެސްނުލާ