English Edition
Dhivehi Edition
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް - ފޮޓޯ: ސަން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ސެކިއުރިޓީ ދެ މަސް ދުވަހަށް ބަލަހައްޓިއިދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

އޭއީއެޗް އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޖެނުއަރީ 2021 އާއި 25 ޖެނުއަރީ 2021 އާއި ދެމެދު ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ އޮފީހަށް ވަޑައިގެން ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 26 ޖެނުއަރީ 2021 ވާ އަންގާރަ ދުވަހުގެ 13:30 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން އެ ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 25 ޖެނުއަރީ 2021 ވަނަ ދުވަހުގެ 13:30ގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކޮންފަރެންސް ހޯލްގައި އޮންނާނެ ކަމަށާއި، ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ކަމަށްވެސް އިޢުލާނުގައި ބުނެފައި ވެއެވެ.