English Edition
Dhivehi Edition

ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ހިންދީ ފިލްމް “ނީރްޖާ” ގެ ޕްރޮޑިއުސަރާއި ގެން ނީރްޖާ ބަނޯޓްގެ އާއިލާއިން ކޯޓަށްދާން ނިންމައިފިއެވެ. 1986 ވަނަ އަހަރު ފްލައިޓް ހައިޖެކްކުރުމުގެ ހާދިސާއެއްގައި ފަސިންޖަރުން ސަލާމަތް ކުރުމުގެ ތެރޭގައި ޓެރަރިސްޓުންގެ ހަމަލާގައި މަރުވި ނީރްޖާ ބަނޯޓްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމުގައި ނީރްޖާގެ ބައި ކުޅެފައިވަނީ ސޯނަމް ކަޕޫރް އެވެ. ފޮކްސް ސްޓާ ސްޓޫޑިއޯ އާއި ބްލިންގް އަންޕްލެގްޑް އިން ޕްރޮޑިއުސްކޮށް އަތުލް ކަސްބީކަރް ކޯ ޕްރޮޑުއިސް ކޮށްފައިވާ މި ފިލްމާ ދެކޮޅަށް އާއިލާއިން ކޯޓަށް ދާން ނިންމާފައިވަނީ ދެ ފަރާތުގެ ދެމެދުގައި ހެދިފައިވާ އެއްބަސްވުމާއި ފިލްމު އުފެއްދި ފަރާތުން ހިލާފްވުމުން ކަމުގައި އާއިލާއިން ވަނީ ބުނެފައެވެ. މި ދެފަރާތުގެ ދެމެދުގައި ހެދިފައިވާ އެއްބަސްވުމުގައި ފިލްމު އުފައްދި ފަރާތުން ފިލްމަށްލިބޭ ފައިދާގެ %10 ހިއްސާ ނީރްޖާ ބަނޯޓްގެ އާއިލާއަށް ދިނުމަށްވަނީ އެއްބަސްވެފައެވެ.”މިކަމާ ބެހޭ ގޮތުން އިތުރު ވާހަކައެއް ދައްކާކަށް އަހަރެމެން ބޭނުމެއް ނޫން. މި މައްސަލައިގެ ހުރިހާ ކަމެއް ބަލަހައްޓަނީ އަހަރެމެންގެ ލޯޔަރު.ކޮންމެ ގޮތެއް ވިޔަސް އަހަރެމެން ނާއިންސާފުން ހިގާ ކަންތަކަށް ކެތެއް ނުކުރާނަނަ. ” ނީރްޖާ ގެ ބޭބެ އަނީޝް ބަނޯޓްވަނީ ބުނެފައެވެ. ފިލްމް ނީރްޖާއަށް ގިނަ ކާމިޔާބީތަކެއް ލިބިފައިވާ އިރު މި ފިލްމުގައި ސޯނަމް ދައްކާފައިވާ މޮޅު އެކްޓިން އަށް ޖުރީ ނޭޝަން އެވޯޑްގައި ހާއްސަ އެވޯޑެއް ވަނީ ލިބިފައެވެ.މީގެ އިތުރުން 64 ވަނަ ގައުމީ ފިލްމު އެވޯޑްގައި ނީރްޖާއަށް ވަނީ އެންމެ މޮޅު ފިލްމުގެ އެވޯޑްލިބިފައެވެ.