English Edition
Dhivehi Edition
hello

ތ.ގުރައިދޫ އެންޑޯމަންޓް މޫވްމަންޓް (ޖެމް)އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ 14 ވަނަ ޖެމް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވިންސިއާ އިން ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުގައި ވިންސިއާއާއި އީވިލް ސްޕޯޓްސް ބައްދަލުކުރި މެޗް ވިންސިއާއިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން 20 ވަނަ މިނެޓުގައި މެޗުގައި ލަނޑެއް ޖަހާ މެޗުގެ ލީޑް ވިންސިއާއަށް ހޯދައިދިނީ ޖާޒީ ނަމްބަރު 17 މުހައްމަދު އަރީފެވެ. އަދި އޭނާގެ ލަނޑާއެކު ފުރަތަމަ ހާފް ކުރީގައި އޮވެ ވިންސިއާ ނިންމާލި އިރު ދެވަނަ ހާފްގެ 56 ވަނަ މިނެޓުގައި އެޓީމުގެ ލީޑް ފުޅާ ކޮށްދިނީ ޖާޒީ ނަމްބަރު 10 މުހައްމަދު އަރީފެވެ. މި މެޗުގައި އީވިލް އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖާޒީ ނަމްބަރު 13 އިސްމާއީލް ސާމީ އެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިންސިއާ ސްޕޯރޓްސް ކުލަބުގެ ޖާޒީ ނަމްބަރު 17 މުހައްމަދު އަރީފު އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވިފައިވަނީ އަރީފެވެ. އަދި މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް އީވިލްގެ ޖާޒީ ނަމްބަރު 21 އަހްމަދު ނައުފަލް ހޮވިފައިވާއިރު މުބާރާތުގެ ފެއާރ ޕްލޭ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހަމައެކްލަބުގެ ޖާޒީ ނަމްބަރު 7 އާދަމް ނާހިސް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފަ އެވެ. އަދި މުބާރާތުގެ ރަނައަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.

މި މުބާރާތް ރާވާ އިންތިޒާމް ކުރާ ގުރައިދޫ އެންޑޯމަންޓް މޫވްމަންޓް (ޖެމް) އިން ބުނާ ގޮތުގައި މި މުބާރާތަކީ ތ. ގުރައިދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި ގުޅުން ބަދަހިކޮށް، ކުޅުންތެރިން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއެޅުމާއި، ކުޅިވަރުގެ ގަވާއިދާއި އުސޫލުތަކަށް ބޯލަނބަން ދަސްކޮށްދިނުމާއި، ފުޓުބޯޅައިގެ ރޮނގުން ރަށާ ގައުމަށް ރީތިނަން ހޯދައިދޭފަދަ އަހުލާގު ރަނގަޅު ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމުގެ މަގްސަދުގައި ޖެމްއިން ކޮންމެ އަހަރަކު ވެސް އެ ރަށުގައި ކުރިއަށްގެންދާ މުބާރާތެކެވެ.