ދިވެހިރާއްޖޭގެ އަސްކަރިއްޔާ އާއި މިޔަންމާ އަސްކަރިއްޔާ ގުޅިގެން އަސްކަރީ ތަމްރީންތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާކަމަށްބުނެ ފަތުރަމުންދާ ޚަބަރުތައް މޯލްޑިވްސް ޑިފެންސް ފޯސް އިން ދޮގުކޮށްފިއެވެ.
އެމްއެންޑީއެފުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އަސްކަރިއްޔާ އާއި މިޔަންމާ އަސްކަރިއްޔާ ގުޅިގެން އަސްކަރީ ތަމްރީންތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާކަމަށްބުނެ ފަތުރަމުންދަނީ ހަޤީގަތާ ޚިލާފު ޚަބަރެއްކަމަށެވެ. އަދި ދިވެހި އަސްކަރިއްޔާ އާއި މިޔަންމާ އަސްކަރިއްޔާ ގުޅިގެން ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައެއް ނުވާކަމަށާއި އަދި ކުރިމަގުގައި އެފަދަ އަސްކަރީ ތަމްރީންތަކެއް މިޔަންމާ އަސްކަރިއްޔާ އާއެކު ހިންގުމަށް ތާވަލު ކޮށްފައި ނެތް ކަމަށެވެ.
ރާއްޖެ އާއި މިޔަންމާއާ ގުޅިގެން އަސްކަރީ ތަމްރީންތަކެއް ފަށާ ޚަބަރު ގައުމީ ދިފާއި ބާރުން ދޮގު ކޮށްފައި މި ވަނީ އިންޑިއާގެ ބައެއް މީޑިއާތަކުން އެ ގައުމުން ރާއްޖެ އާއި މިޔަންމާ ގުޅިގެން އަސްކަރީ ތަމްރީންތަކެއް ހެދުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނެ ޚަބަރު ފެތުރުމާ ގުޅިގެންނެވެ.