މިދިއަ ހުކުރުދުވަހު ހިލަ އުކަން ދިޔަ ގޮތަށް ގެއްލުނު ޅ. ނައިފަރު އަބްދުއްލަތީފު މިއަދު މައްކާ އިން ފެނިއްޖެއެވެ. ލަތީފު ފެނިފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ގްރޫޕެއް ހަރަމްފުޅަށް ދިޔަ މަގުމަތީގައިކަމަށް މައުލޫމާތު ލިބެއެވެ.ދިވެހި ހައްޖުވެރިން ތިބި ހޮޓަލާއި ވަރަށް ކައިރި ހިސާބަކުން އޭނާ ފެނިފައިވާއިރު ހާލު ރަގަޅު ނަމަވެސް އިތުރަށް ބެލުމަށްޓަކައި ހޮސްޕިޓަލަށްވަނީ ގެންގޮސްފައެވެ.
އަބްދުއްލަތީފް ފެނިފައި މިވަނީ އޭނާ ހޯދުމަށް ހައްޖު ކޯޕަރޭޝަންގެ މީހުން ދިދަ ހިފައިގެން މަގުމަތީގައި ހަރަކާތްތެރިވެ، ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތްކުރަމުން ދަނިކޮށެވެ. މުޒްދަލިފާ އިން މިނާ އަށް ދިވެހި ހައްޖުވެރިން ދިޔަ މަގުމަތީގައި އެހެން ބައެއް މީހުންވެސް ގުރޫޕާ ވަކިވެ، އަންނަން ނޭނގިގެން ގެއްލިފައިވެއެވެ
މުޒްދަލިފާ އިން މިނާ އަށް ދިޔަ މަގުމަތީގައި ގުރޫޕާ ވަކިވެ ގެއްލުނު ދިވެހި ދެ ހައްޖުވެރިންވެސް ފެނިފައިވާއިރު މި އަހަރު ހައްޖުގެ އަޅުކަމަށް ދިޔަ ދިވެހި ހައްޖާޖީން ރާއްޖެ އަންނަން ފަށާނީ އަންނަ ބުދަ ދުވަހު ކަމަށް އިސްލާމިކް މިނިސްޓްރީންވަނީ ބުނެފައެވެ.