މީ ‘ދަ ކަޕިލް ޝަރްމާ ޝޯ’ ބަލާ މީހުންނަށް އުފާވެރި ހަބަރަކަށް ނުވެދާނެއެވެ. އެހެންނަމަވެސް ކަޕިލްގެ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން އޭނާވަނީ ޝޯ އިތުރަށް ކުރިއަށް ގެންދިއުމަށް އުޒުރުވެރިވެފައެވެ.
ސޯނީ ޓީވީން ދައްކަމުންދާ ކަޕިލް ޝަރްމާ ޝޯ ކުޑަދުވަސްކޮޅަކަށް މެދު ކަޑާލާނަން ނިންމާފައިވާ ކަމަށް ކަޕިލްވަނީ ޓީވީ ޗެނަލްއަށްވެސް އަންގާފައެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އޭނާގެ ސިއްހީ ހާލަތު ތަން ނުދޭތީ މިދުވަސްކޮޅު ޝޯ އިތުރަށް ކުރިއަށް ގެންދެވެން ނެތުމެވެ. މީގެ އިތުރުން ކަޕިލް ބުނެފައިވަނީ އޭނާ ބޭނުންވަނީ ކުޑަ ދުވަސްކޮޅަކަށް ހުރިހާ މަސައްކަތްތަކާއި ދުރުވެ އަރާމުކޮށްލަން ކަމުގައެވެ. އަދި ކުރިއަށް އޮށް ދުވަސްތަކުގައި އޭނާގެ ފިލްމު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނައިރު އެ ދުވަސްތަކަކީ ބުރަ ދުވަސްތަކަކަށް ވާނެކަމުގައި ކަޕިލްވަނީ ބުނެފައެވެ.
ކަޕިލްގެ ޝޯ ކުޑަ ދުވަސްކޮޅަކަސް މެދުކަޑާލަން އުޅޭކަމަށް ސޮނީޓީވީގެ ސްޕޯކްސްޕާސަންވެސް ވަނީ ޔަގީންކޮށްދީފައެވެ. ސޮނީ އިން ކަޕިލްގެ އުޒުރު ގަބޫލުކޮށް ކުޑަ ދުވަސްކޮޅަކަށް ޝޯ މެދުކަޑާލާއިރު ދެން ސޮނީ އިން ދައްކަން ހަމަޖެހިފައިވަނީ އެ ޝޯގެ ކުރީގެ އެޕިސޯޑްތައް ކަމަށް ސޮނީއިން ވަނީ ބުނެފައެވެ.
ކަޕިލް އާއި ސުނިލް ގްރޯވަރ ޖެހުނު މައްސަލަތަކުގެ ސަބަބުން ސުނިލް ޝޯ އާއި ވަކިވެފައިވާއިރު ފާއިތުވެދިޔަ ތިން މަސްދުވަހު ޝޯގެ ޓީއާރުޕީ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މި ކަމުގެ ސަބަބުން ކަޕިލްއަށް ކުރިމަތިވަމުން އައި ގިނަ ގޮންޖެހުންތަކުގެ ސަބަބުން އޭނާވަނީ ވަރަށް ބޮޑަށް ބަލިވެ ހޮސްޕިޓަލުގައި ފަރުވާ ހޯދާފައެވެ.