English Edition
Dhivehi Edition

ނޫރައްދީން އިންވެސްޓްމެންޓްގެ ފަރާތުން މި ފެށޭ ރަމްޟާން މަހު ބާއްވާ ޤުރުޢާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.ހުޅުމީދޫ އަށް ހާއްސަކޮށްގެން ރަމަޟާންމަހުގެ 27 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީހަކީ 08 ޖޫން 2017 ވާ ބުރާސްފަތި ދުވަހެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ޝަމްސުއްދީން ސްކޫލް، ސ.އަތޮޅުމަދަރަސާ، ޝަރީފީ ޕްރީ ސްކޫލް އަދި މަޢުހަދު ނޫރިއްސުދޫރިން މިހާރު ލިބެން ހުންނާނެ ކަމަށް ނޫރައްދީން އިންވެސްޓްމެންޓް އިން ވަނީ ބުނެފައެވެ. މުބާރާތުގައި ކިޔަވަންޖެހޭ މުގައްރަރު ފޯމްގައި ތަފްސީލްކޮށް ބަޔާންކޮށްފައިވާއިރު މުބާރާތާ ބެހޭ އިތުރު މައުލޫމާތު 9990155 ނަންބަރަށް ގުޅުމުން ލިބިގެންދާނެއެވެ. މި މުބާރާތާއި ބެހޭ ގޮތުން އޭއޯ ނިއުސްއަށް މައުލޫމާތު ދެއްވަމުން މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ހުސެއިން ޝިޔާން ބުނެފައިވަނީ މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަޤްސަދަކީ ހުޅުމީދޫ ކުދިންގެ ހިތުގައި ޤުރުޢާނަށް ލޯބި ޖެއްސުމާއި ޤުރުޢާން ކިޔަވާ ދަރިން ތަކެއް އުފައްދާ ޤުރުޢާން ކުރިއަރުވާ ދިރުވުން ކަމުގައެވެ. “މުބާރާތައް ތަރްހީބް ލިބޭ މިންވަރަކުން އިރާދަކުރެއްވިއްޔާ ކޮންމެ އަހަރަކުވެސް މުބާރާތްކުރިއަށް ގެންދިއުމަކީ ވަރަށް ބޮޑު އުއްމީދެއް.”ޝިޔާން އިތުރައް ވިދާޅުވިއެވެ. ގިނަ އިނާމްތަކަކާއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ އަމިއްލަ ގޮތުން ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ މުބާރާތެކެވެ.