އައްޑޫސިޓިގެ ހިތަދޫގައި އަންހެން ކަނބަލުންނަށް ޚާއްޞަކޮށްގެން ޚިދުމަތް ދެމުން ގެންދިޔަ ތާނިޔާ ސެލޫންގެ ޚިދުމަތް އަލުން ފަށައިފިއެވެ.
ދުވަސްގަނޑަކަށް މެދުކެނޑުމަށްފަހު ސެލޫންގެ ޚިދުމަތް ފަށާފައިވަނީ ރޭގައެވެ. ހިތަދޫ ބޮޑުމަގުގައި ކުރީގެ ޓޫވޭވް ފިހާރަކައިރީގައި ހުޅުވި ސެލޫންގެ ޚިދުމަތް އަލުން ފަށާފައިމިވަނީ އަންހެން ކަނބަލުންގެ އިތުރުން ފިރިހެން ބޭފުޅުންނަށް ވެސް ސެލޫންގެ ޚިދުމަތް ދެވޭގޮތަށް ކަަމަށް ތާނިޔާ ސެލޫންގެ ސީއީއޯ ރޯޒީ ޝަރީފް ވިދާޅުވިއެވެ.
ތާނިޔާާ ސެލޫން އިން ފޭޝަލް ހެދުމާއި ބޯކޮށައިދިނުމުގެ އިތުރުން އުމުރުން ދުވަސްވެފައި ތިބޭމީހުންނާއި ބަދައިގެ މައްސަލަ ދިމާވެފައިވާ ބަލިމީިހުންނަށް ޚާއްޞަ މަސާޖް ތަކެއްވެސް ކުރިއަށް ގެންދާ ކަމަށް ރޯޒީ ވިދާޅުވެއެވެ.
ޑޮކްޓަރުންގެ ޚާއްޞަ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ މި މަސާޖުގައި މީގެ ކުރިންވެސް ތަފާތު އެކިކަހަލަ ބަލިމީހުންނަށް ތާނިޔާ ސެލޫން އިން ވަނީ ފަރުވާ ދީފައެވެ.