English Edition
Dhivehi Edition

 

ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ދިރާގުން އެ ކުންފުނީގެ ދިރާގު ޕޭ ކަސްޓަމަރުންނަށް ދިރާގު ޕޭ މެދުވެރިކޮށް ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ކޭޝް ބެކް ނުވަތަ އިތުރު ފައިސާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

4 އޮކްޓޯބަރ 2020 އިން ފެށިގެން ކުރިއަށްދާ މި ޕްރޮމޯޝަނުގެ ދަށުން ކަސްޓަމަރުންނަށް ދިރާގު ޕޭ ބޭނުން ކޮށްގެން ބިލް ދައްކާ، ރީލޯޑް ކޮށް ނުވަތަ ވިޔަފާރި ކުރުމުން ވަގުތުން ބިލުގެ %5 އަނބުރާ ދިރާގުޕޭ ވޮލަޓަށް ޖަމާވެގެން ދާނެކަމަށް ދިރާގުން ވަނީ ހާމަކޮށްފައެވެ. އެގޮތުން، ގިނަ ވެގެން 100 ރުފިޔާ ކޮންމެ ހަފްތާއެކު ކަސްޓަމަރުންގެ ދިރާގު ޕޭ ވޮލަށް ޖަމާވާނެއެވެ. މި ފައިސާ ޖަމާ ވުމުން، އެކަން އެންގުމުގެ ގޮތުން ކަސްޓަމަރުންނަށް އެސް. އެމް. އެސް އެއް ދިރާގުން ފޮނުވާނެއެވެ. އަދި ކަސްޓަމަރުންނަށް ދިރާގު ޕޭ އެޕުން “ޓްރާންސެކްޝަން ހިސްޓަރީ” ފަސޭހަކަމާއެކު ބަލާލައި، ކޭޝްބެކް ގެ ގޮތުގައި ލިބުނު އަދަދު ރަނގަޅު ތޯ ބަލާލެވޭނެއެވެ.

ދިރާގުން ހާމަކުރި ގޮތުގައި ސާފުތާހިރު ކަމަށާއި ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުވާން ޖެހިފައިވާ މި ދުވަސްވަރުގައި، ޑިޖިޓަލް ވޮލެޓާއި އޮންލައިން ކޮށް ފައިސާގެ މުއާމަލާތްތައް ހިންގުމަށް ބާރު އަޅަމުންދާ ދުވަސްވަރެއްގައި ދިރާގު ޕޭ އަކީ މި ކަމަށް ފަސޭހަ އަދި ރައްކާތެރި ޚިދުމަތެކެވެ.

ދިރާގުޕޭގެ ޚިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 300 އަށް ވުރެ ގިނަ ވިޔަފާރިތަކުން ބޭނުންކުރަމުން އަންނައިރު އޭގެތެރޭގައި ޑެލިވަރީގެ ޚިދުމަތްދޭ މަޝްހޫރު ކެފޭ ރެސްޓޯރަންޓް، ޖެނެރަލްޓްރޭޑިންގ، ސެލޫން އަދި ހޮސްޕިޓަލް ތަކާއި މިނޫންވެސް އެކި ސިނާއަތްތަކުގެ ވިޔަފާރިތައް ހިމެނެއެވެ.

ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ ނެޓްވޯކެއްގެ، ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ޚިދުމަތްތަކަށް ފައިސާދައްކާ، ފައިސާ ޖަމާކޮށް އެކަކު އަނެކަކަށް ފައިސާ ޓްރާންސްފަރ ވެސް ކުރެވޭނެއެވެ. ދިރާގު ޕޭ އަށް ކޭޝްއިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ޓްރާސްފަރސް ބޭނުންކުރެވޭނެއެވެ.

ދިރާގުން ހާމަކުރި ގޮތުގައި އެކުންފުނިން އަބަދުވެސް ބަލަނީ އިނޮވޭޝަނާއި ޓެކްނޮލޮޖީގެ ޒަރިއްޔާއިންނާއި އެކުންފުނިން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާ މުޖުތަމައަށް ލުއިފަސޭހަކޮށް ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމަށެވެ.