ޒަމާނަށް އައި ބަދަލާއިއެކު ވިޔަފާރިކުރުމުގައި ގެންގުޅެމުން އަންނަ ވައްޓަފާޅި މިވަނީ ފުޅާވެ ޒަމާނާއެކު ތަރައްޤީ ވާން ފަށާފައެވެ. އޮންލައިންކޮށް ވިޔަފާރި ކުރުމުގެ ވައްޓަފާޅި އޮއިވަރެއްވެސް ދިވެހިންގެ މެދުގައި ހިނގަން ފަށާފައިވާއިރު ކޮވިޑް19ގެ ސަބަބުން ދިވެހިންގެ މެދުގައި އޮންލައިން ވިޔަފާރި މިވަނީ ވަރަށް މަގުބޫލުވެފައެވެ. އޮންލައިން ކޮށް ތަފާތު އެކި ބާވަތްތަކުގެ އެއްޗެހި ދިވެހިންގެ މެދުގައި ވިއްކާ މީހުންގެ އަދަދު އިތުރުވެފައިވާއިރު ހުނަރުވެރި ޒުވާނުންތަކެއް އިސްނަގައިގެން މިވަނީ އެފަދަ ވިޔަފާރިތައް ކުރާ ފަރާތްތަކަށް ޒަމާނާއި ރައްޓެހި ‘ޕްލެޓްފޯމެއް’ ގާއިމުކޮށްދީފައެވެ.
ސްލޭޝް މޯލްޑިވްސްގެ ފަރާތުން ހިންގަމުން އަންނަ ސްލޭޝް ޑޮޓް އެމްވީ އަކީ ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ ގައުމުތަކުގެ އޮންލައިން ވިޔަފާރިވެރިންގެ މެދުގައި މަގުބޫލު ޕްލެޓްފޯމެކެވެ. ސްލޭޝް ޑޮޓް އެމްވީ މެދުވެރިކޮށް ވިޔަފާރީގެ ހިދުމަތް ދެމުން އަންނަ ގިނަ ފަރާތްތަކަކުން ފާހަގަކުރާ ގޮތުގައި ޒަމާނީ ޓެކްނޮލޮޖީ އާއި ރައްޓެހި މި ޕްލެޓްފޯމުގެ އެންމެ ހާއްސަ އެއްކަމަކީ ވިޔަފާރީގެ ހިދުމަތްދޭ ފަރާތާއި ވިޔަފާރިކުރާ ފަރާތަށް ވެބްސައިޓް ބޭނުންކުރުމުގައި ހުރި ފަސޭހަތަކެވެ.
“އެންމެ ހިތްހަމަޖެހޭ އެއްކަމަކީ ވަރަށް ޔޫޒަރ ފްރެންޑްލީ ޕްލެޓްފޯމެއް އަސްލު، އާންމުކޮށް މިފެންނަ ބޭރުގެ ޕްލެޓްފޯމުތައް މިސާލަކަށް އަލީ އެކްސްޕްރެސް އަދި އެމެޒޯން ގޮތަށް ހިދުމަތް ހޯދާ މީހުންވެސް ނުޖެހޭ މާ ގިނަ ވަގުތު ތަކެއް ހޭދަ ކުރާކަށް ވިޔަފާރިކުރުމުގައި، އެކި ކަހަލަ ލުއި ފަސޭހަ ފީޗާސް ހުރީމަ ވަގުތު ސަލާމަތްކުރެވި ބޭނުންވާ ތަކެތި ހޯދުމަށް ކަސްޓަމަރުންނަށް ވަރަށް ފަސޭހަވޭ”، ސްލޭޝް ޑޮޓް އެމްވީގައި ވިޔަފާރީގެ ހިދުމަތް ދެމުން އަންނަ ފަރާތެއް ފާހަގަކުރިއެވެ.
މި ޕްލެޓްފޯމުގައި ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކުގެ އަތުން އެހެން އޮންލައިން ވިޔަފާރި ޕްލެޓްފޯމުތަކުން ނަގާ އަދަދަށް ވުރެން ބޮޑުތަނުންވެސް ކުޑަ އަދަދެއް ނަގާއިރު މުދާ ވިއްކަން ބޭނުންވާ ފަރާތްތަކަށް ވަނީ ތަފާތު 4 ޕެކޭޖެއް ތަޢާރަފުކޮށްފައެވެ. އެއީ ‘ފީޗާޑް ސިކްސް މަންތްސް، ޕްރީމިއަމް 6 މަންތްސް، ފީޗާޑް 12 މަންތްސް އަދި ޕްރީމިއަމް 12 މަންތްސް’ އެވެ.
ފީޗާޑް އަދި ޕްރީމިއަމް ޕެކޭޖްތައް ނަންގަވާ ފަރާތްތަކަށް ތަކެތި ވިއްކުމާއި މާކެޓު ކުރުމުގައި ތަފާތު ލުއިފަސޭހަތަކެއް އެކުލެވެއެވެ. އެގޮތުން ފީޗާޑް ނަންގަވާ ފަރާތްތަކަށް ހާއްސަ ކުރެވިގެން މި ޕްލެޓްފޯމުގައި އޮންލައިން ފިހާރައެއް ހުޅުވޭއިރު ވެބްސައިޓުގެ ހޯމްޕޭޖުގައި މުދާ ފެންނަން އިންނާނެހެން ހެދޭނެއެވެ. މީގެ އިތުރުން ވިއްކާ މުދަލަށް މީހުންގެ ސަމާލުކަން ލިބޭނެ ފަދަ ގޮތްތަކެއް ހަމަޖެހިގެންދާނެއެވެ.
ޕްރީމިއަމް ޕެކޭޖްތައް ނަންގަވާ ފަރާތްތަކަށް ފީޗާޑް ޕެކޭޖުތަކުގައި ހިމެނޭ ހުރިހާ ލުއިފަސޭހަތަކެއްގެ އިތުރުން މީސްމީޑިއާގައި ތަކެތި މާކެޓު ކުރުމުގެ ފުރުސަތުގެ އިތުރުން ސްލޭޝް ޑޮޓް އެމްވީގެ ފަރާތުން ވިއްކާ މުދާ އަވަސްކަމާއި އެކު ކަސްޓަމަރުންނަށް ފޯރުކޮށްދޭނެއެވެ، މީގެ އިތުރުން ވިޔަފާރި އެކައުންޓު ބެލެހެއްޓުމުގައި ޒިންމާދާރު ފަރާތެއްގެ އެހީ ލިބިގެންދާނެއެވެ.
މި ހުރިހާ ޕެކޭޖެއް މެދުވެރިކޮށްވެސް ތަފާތު އެކި ވައްތަރުގެ މުދާ ވިއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ އިރު ގަންނަ މުދާ ގްރޭޓަރ މާލެ ސަރަހައްދު އަދި އައްޑޫ ސިޓީއަށް އަވަސްކަމާއި އެކު ފޯރުކޮށްދޭނެ ކަމަށްވެސް ސްލޭޝް މޯލްޑިވްސްއިން ވަނީ ހާމަކޮށްފައެވެ.
“ރަށުގައި ހުރެގެން މިގޮތަށް ވިޔަފާރި ކުރެވޭނެ ގޮތެއްވީމަ ވަރަށް ފަސޭހަ. އަޅުގަނޑު ސްލޭޝް ޑޮޓް އެމްވީ މެދުވެރިކޮށް ވިޔަފާރީގެ ހިދުމަތް މިދެނީ އުތުރުގެ ރަށެއްގައި ހުރެގެން. އެކަމަކު ކޮންމެ ތަނެއްގައި ހުރެވެސް މި ހިދުމަތް ދެވި މުދާ ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދެވޭތީ އެއީ އަސްލު ވިޔަފާރީގެ ހިދުމަތް ދޭ ފަރާތެއްގެ ހައިސިއްޔަތުން ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް” ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ވިޔަފާރިކުރެވޭ މި ޕްލެޓްފޯމާއި މެދު ވާހަކަ ދައްކަމުން ސްލޭޝް ޑޮޓް އެމްވީ މެދުވެރިކޮށް ބަދިގޭ ސާމާނާއި އިލެކްޓްރޯނިކް އާލާތްތައް ވިއްކަމުން އަންނަ ފަރާތެއް ބުންޏެވެ.
މި ޕްލެޓްފޯމު މެދުވެރިކޮށް ތަކެތި ވިއްކުމަށް ރަޖިސްޓްރީވާ ކޮންމެ ފަރާތަކަށް ސްލޭޝް މޯލްޑިވްސްގެ ފަރާތުން ރިފަރަލް ނަންބަރެއް ދެވޭނެއެވެ. މި ނަންބަރު ބޭނުންކޮށްގެން ތަކެތި ވިއްކުމަށް 10 ފަރާތަކުން ރަޖިސްޓްރީ ވުމުން ނަންބަރުގެ ވެރިފަރާތަށް ތަކެތި ވިއްކުމުގެ ފުރުސަތު އެއް މަހަށް ހިލޭ ލިބިގެންދާނެ ކަމަށްވެސް ސްލޭޝްް މޯލްޑިވްސް އިން ވަނީ ހާމަކޮށްފައެވެ.
ޕެކޭޖު ތަކުގެ ފީގެ އިތުރުން ވިއްކާ މުދަލުން އެއްވެސް ކޮމިޝަނެއް ތަކެތި ވިއްކާ ފަރާތުގެ އަތުން ސްލޭޝް މޯލްޑިވްސް އިން ނުނަގާއިރު މިއީ ތަކެތި ވިއްކާ ފަރާތްތަކަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ. މިހާރުވެސް ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު ސްލޭޝް ޑޮޓް އެމްވީއިން ވިޔަފާރި ކުރައްވަން ނުވަތަ ތަކެތި ވިއްކަން ބޭނުންވާ ފަރާތްތަކުން https://slash.mv/seller-packages އަށް ޒިޔާރަތް ކުރުމުން އެކަން ހަމަޖެހިގެން ދާނެއެވެ.