English Edition
Dhivehi Edition

މޮބައިލް ފޯން އެޕްލިކޭޝަނެއް ބޭނުންކޮށްގެން ކުޅެމުން އަންނަ “ޕީޕީ ޕޮކާ” ގޭމަކީ ޖުވާ ކަމަށާއި އެ ކުޅިވަރު ކުޅުމަކީ ހަރާމް ކަމެއް ކަމަށް ސަލަފު ޖަމިއްޔާގެ މެމްބަރު އަލީ ރަމީޒް ބުނެފިއެވެ

އަލީ ރަމީޒް މިހެން ބުނެފައިވަނީ އޭނާގެ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއް ގައެވެ. މިފަދަ ގޭމްތައް ކުޅުމުގެ ހުކުމަކީ ކޮބައިތޯ ސުވާލު ކުރުމުން ސަލަފުން ވެސް ވަނީ އެއީ ޖުވާ ކަމަށް ބުނެފައެވެ. އަދި މިފަދަ ގޭމްތައް ކުޅުމަކީ ހަރާމްކަމެއްކަމުގައި ސަލަފުންވަނީ ބުނެފައެވެ.

ފޯން އެޕްލިކޭޝަން މެދުވެރިކޮށް ކުޅޭ ޕޮކާ ގޭމަކީ ޖުވާ ޓޭބަލް ހިންގާ މީހާ އަށް ފައިސާ ޓްރާންސްފާ ކުރުމުން އެ ފައިސާ އަށް ވާވަރަށް ޗިޕް ލައިދޭ ގޭމެކެވެ. ފަހަކަށް އައިސް ދިވެހިންގެ ތެރޭގައިވެސް މި ގޭމްގެ ފޯރި އިތުރުވަމުން އަންނައިރު މިހާރު ޢާންމުވެފައިވާ މިފަދަ ކުޅިވަރުތަކުގެ ތެރޭގައި ‘ބެޓް’ ކުރުމާއި ‘ބްލެކްޖެކް’ އާއި ‘ޕޮކާ’ އަދި މިނޫނަސް އެތައް ނަންނަމުގައި ކުޅޭ ކުޅިވަރުތައް ވެއެވެ.

ޓެގު