English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާއަށް އިންގިލާބެއް ގެނެސްދިން ކުންފުންޏެއް ކަމަށްވާ އުރީދޫ އިން 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޙިދުމަތް ޅ.ނައިފަރަށް ތައާރަފްކޮށްފިއެވެ.

އުރީދޫއިން ނެރުނު ބަޔާނެއްގައި އުރީދޫގެ އެކްޓިންގް ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވެފައިވާ ގޮތުގައި އުރީދޫގެ މަގުސަދަކީ ފެންވަރު ރަނގަޅު އިންޓަނެޓުގެ ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުން ކަމަށާއި އެގޮތުގެ މަތިން ޅ.ނައިފަރަށް 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު އުރީދޫ ސުޕަރނެޓު ފިކްސްޑް ބްރޯޑްބޭންޑުގެ ފުރުސަތު ހުޅުވާލުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެކެވެ.

ނިޔާޒު އިތުރަށް ވިދާޅުވެފައިވަނީ އެ ކުންފުނިން ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންނަށް އިޤްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދައިދިނުމަށް ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

އުރީދޫއިން ހާމަކުރި ގޮތުގައި ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތަކެއް އުރީދޫ ސުޕަރނެޓްގެ ޚިދުމަތް ބޭނުން ކުރައްވާ ބޭފުޅުންނަށް ލިބިގެންދެއެވެ.