English Edition
Dhivehi Edition
ފޮޓޯ: އަދިވެސް އެމްވީ

މޯލްޑިވިއަން އައިޑޮލްއިން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ޝަލަބީ އިބްރާހިމް އާއި ލަވަކިޔުންތެރިޔާ ޝިފާ އިބްރާހީމް ކައިވެނިކޮށްފި އެވެ.

ހަފްލާގެ ހުރިހާ ކަމެއް ވަރަށް ދިވެހި ވަންތަ ގޮތަކަށް ކުރިއަށް ގެންދިޔަ މި ކައިވެނި މިއަދު ކޮށްފައިވަނީ ޒޫމް މެދުވެރިކޮށް އޮންލައިން ކޮށެވެ. މި ކައިވެނިގެ ހަފްލާއަށް ޝަލަބީ އާއި ޝީފާ ތައްޔާރުވެފައިވަނީ ދިވެހިވަންތަ ފޭރާމުގައެވެ. ޝަލަބީއާއި ޝިފާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރެއްހާ ދުވަސް ވެފައިވާއިރު ކައިވެނިކުރުމާއި ހަމައަށް މި ގުޅުމުގެ ވާހަކަ މި ދެމީހުންވެސް މީޑިއާގައި ހިއްސާކޮށްފައެއް ނުވެއެވެ.

ޝަލަބީގެ އިތުރުން ޝިފާ އަކީ ވެސް މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުން ވިދާލި ތަރިއެކެވެ. މިދިޔަ ދުވަސްތަކުގައި ޝަލަބީ އަދި ހައުސް އޮފް މިއުޒިކާއެކު ގިނަ ޝޯތަކެއް ޝިފާ ވަނީ ދީފަ އެވެ.