English Edition
Dhivehi Edition
30 އެޕްރީލް 2020: ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހަކު މަރުވިކަން އިއުލާން ކުރުމަށް ބޭއްވި ޕްރެސްގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން: އިހުމާލެއް އޮތް ނަމަ، ބަލާނެ ކަމަށް ވިދާޅުވި -- ފޮޓޯ/ އެންއީއޯސީ

ކޮވިޑް 19 އާއި ގުޅިގެން، މިދިޔަ މާޗް މަހުގެ 12ވަނަ ދުވަހުން ފެށިގެން އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު، އަންނަ މަހުގެ 6ވަނަ ދުވަހުގެ ނިޔަލަށް ދަމަހައްޓަން ނިންމަވައިފިއެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ސޮއިކުރައްވާރޭ ނެރުނު ގަރާރުގައި ވިދާޅުވެފައި ވަނީ، ރާއްޖޭގައި މިހާރު ކޮވިޑް19 ފުޅާ ދާއިރާއެއްގައި ފެތުރުމުގެ ފުރުސަތު އަދިވެސް އޮތް ކަމަށެވެ. އަދި މި ގަރާރުގައިވަނީ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރަށް ދެމެހެއްޓެވިކަން އިއުލާނު ކުރައްވަވާފައެވެ.

މި ޤަރާރުގައިވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ފެތުރުން އިތުރުވަމުން ދާތީ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު 6 ސެޕްޓެމްބަރު 2020 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ދެމެހެއްޓުމަށް ނިންމަވާފައިވާކަމަށެވެ. މިގޮތަށް ނިންމަވާފައިވަނީ ކޮވިޑް-19ގެ ނުރައްކާ ކުޑަކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކިކައުތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ޤަބޫލު ކުރެވޭކަމަށް ހެލްތު މިނިސްޓަރަށް އޭނާ ލަފާ އަރުވާފައިވާތީކަމަށްވެސް ހެލްތު މިނިސްޓަރު ނެރުއްވި ޤަރާރުގައި ވެއެވެ.

ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އެންމް ފުރަތަމަ ޢިއުލާންކޮށްފައިވަނީ 12 މާރިޗު 2020 ގައެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެ ހާލަތު އިއުލާންކޮށްފައިވާ މުއްދަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޑިރެކްޓާ ޖެނެރްއަލް އޮފް ޕަބްލިކް ހެލްތަށް ބޮޑެތި ބާރުތަކެއް ލިބިގެންވެއެވެ. އެ ބާރުގެ ދަށުން ބޮޑެތި ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ. މިއީ ރާއްޖެގައި ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކުރި 6ވަނަ ފަހަރެވެ.